ދިވެހިރާއްޖެ
ލޯކަލް ކައުންސިލުތަކަށް އެސެޓް މެނޭޖްމަންޓް ޓްރޭނިންގ ހިންގުމަށް ބޭނުންވާ ފައިނޭންސް މެނޭޖްމަންޓް އަދި އެޑްމިނިސްޓްރޭޝަން ޓްރޭނިންގ މޮޑިއުލް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން
ލޯކަލް ކައުންސިލުތަކަށް އެސެޓް މެނޭޖްމަންޓް ޓްރޭނިންގ ހިންގުމަށް ބޭނުންވާ ފައިނޭންސް މެނޭޖްމަންޓް ޓްރޭނިންގ މޮޑިއުލް (ޑޭޓާބޭސް/ޕްރޮގްރާމް ހިމެނޭގޮތަށް) އަދި އެޑްމިނިސްޓްރޭޝަން ޓްރޭނިންގ މޮޑިއުލް (ޑޭޓާބޭސް/ޕްރޮގްރާމް ހިމެނޭގޮތަށް) ތައްޔާރުކަށް، މި ދެ ޓްރޭނިންގ މޮޑިއުލް ހިންގުމަށް ބޭނުންވާ މެޓީރިއަލްސް (މެނުއަލް) ތައްޔާރުކުރުމަށްފަހު، ޓީ.އޯ.ޓީ. ހިންގައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރު IUL)221-AF/221/2015/65) އާ ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާނު ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 7 އޮކްޓޫބަރު 2015 ވާ ބުދަ ދުވަހުގެ 14:30 އަށް މި އޮތޯރިޓީއަށް (އެޓޮލް ޕޯސްޓް ބިލްޑިންގއަށް) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 14 އޮކްޓޫބަރު 2015 ވާ ބުދަ ދުވަހުގެ 14:30 އަށް މި އޮތޯރިޓީއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ، 3006724 ނަންބަރު ފޯނާއެވެ.
މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް، މި ފުރުޞަތުގައި ދަންނަވަމެވެ.
1 ޛުލްޙިއްޖާ 1436