މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ގާފަރު ކައުންސިލްގެ 10 ވަނަ ޤުރުއާން މުބާރާތް" ސްޕޮންސަރ ކުރުމާއި އިނާމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

މިކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ "ގާފަރު ކައުންސިލްގެ 10 ވަނަ ޤުރުޢާން މުބާރާތް" ސްޕޮންސަރ ކުރުމާއި މުބާރާތުގެ ވަނަ ތަކަށް އިނާމު ހުށަހެޅުއްވުމުގެ ފުރުޞަތު ޢާއްމުކޮށް ހުޅުވާލަމެވެ. މިމުބާރާތުގައި ހޮވުމަށް ހަމަޖެހިފައިވާ ވަނަތައް:

  • ދެގޮފި ވަކިން ކޮންމެ އުމުރުފުރާ އަކުން 1 ވަނަ، 2 ވަނަ އަދި 3 ވަނަ.
  • ކޮންމެ ގޮތްޕަކުން 1 ވަނަ، 2 ވަނަ އަދި 3 ވަނަ.
  • މުޅިމުބާރާތުން 1 ވަނަ، 2 ވަނަ، އަދި 3 ވަނަ.

ވީމާ، މިމުބާރާތް ސްޕޮންސަރ ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުންނާއި މުބާރާތުގެ ވަނަތަކަށް އިނާމު ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކުން 2025 އޮގަސްޓް 14 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިއިދާރާގެ ނަމްބަރު 6641941 ފޯނާއި ގުޅުއްވުން އެދެމެވެ.

20 ޖުލައި 2025
ހޯދާ