ވ. އަތޮޅު މަދަރުސާ، ވ. ފުލިދޫ
ދިވެހިރާއްޖެ
2026 ވަނަ ދިރާސީ އަހަރަށް ދަރިވަރުން ސްކޫލަށް ވެއްދުމާއި ގުޅޭ

 

2026 ވަނަ ދިރާސީ އަހަރަށް ދަރިވަރުން ސްކޫލަށް ވެއްދުމާ ގުޅޭ          

 

      2026 ވަނަ ދިރާސީ އަހަރު ވ. އަތޮޅު މަދަރުސާގެ އެލް.ކޭ.ޖީ، ޔޫ.ކޭ.ޖީ އަދި ގްރޭޑް 1 އަށް ދަރިވަރުން ވެއްދުމަށް އެދޭ ފަރާތްތަކަށް ފުރުޞަތުވަނީ ހުޅުވާލެވިފައެވެ.

2026 ވަނަ އަހަރަށް ދަރިވަރުން މަދަރުސާއަށް ވެއްދުމަށް އެދޭ ފޯމް ރަސްމީ ދުވަސްތަކުގެ ހެނދުނު 8:00 އިން 13:30 އަށް ވ. އަތޮޅު މަދަރުސާގެ އޮފީހުން ލިބެން ހުންނާނެއެވެ. 

      ވީމާ، ދަރިވަރުން މަދަރުސާއަށް ވެއްދުމަށް އެދިލައްވާ ފަރާތްތަކުން 31 އޮގަސްޓް 2025 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން އެޑްމިޝަން ފޯމް ފުރުމަށްފަހު މި މަދަރުސާގެ އޮފީއަށް ހުށަހެޅުއްވުން އެދެމެވެ.

 

ގްރޭޑް

2026 ވަނަ އަހަރު ދަރިވަރުން ސްކޫލަށް ވައްދާ އުމުރުފުރާތައް

އެލް.ކޭ.ޖީ

 2025 ޑިސެންބަރު 31 އަށް 4 އަހަރު ފުރި 5 އަހަރު ނުފުރޭ ދަރިވަރުން  

ޔޫ.ކޭ.ޖީ

 2025 ޑިސެންބަރު 31 އަށް 5 އަހަރު ފުރި 6 އަހަރު ނުފުރޭ ދަރިވަރުން. އަދި،2025 ދިރާސީ އަހަރު އެލް.ކޭ.ޖީ ފުރިހަމަ ކޮށްފައިވާ ހުރިހާ ދަރިވަރުން 2026 ދިރާސީ އަހަރު (27 ޖަނަވަރީ 2026ގައި ފެށޭ) ޔޫ.ކޭ.ޖީއަށް ބަދަލު ކުރެވޭނެއެވެ.

ގްރޭޑް 1

2025 ޑިސެންބަރު 31 އަށް 6 އަހަރު ފުރި 7 އަހަރު ނުފުރޭ ދަރިވަރުން. އަދި ދިރާސީ އަހަރު ޔޫ.ކޭ.ޖީ ފުރިހަމަ ކޮށްފައިވާ ހުރިހާ ދަރިވަރުން 2026 ދިރާސީ އަހަރު (27 ޖަނަވަރީ 2026ގައި ފެށޭ) ގްރޭޑް 1 އަށް ބަދަލު ކުރެވޭނެއެވެ.

 

  • އެލް.ކޭ.ޖީ އަށް ދަރިވަރަކަށް ވަދެވޭނީ، ނިމުނު އަހަރުގެ ޑިސެމްބަރު 31 އަށް (2025 ޑިސެމްބަރު 31 އަށް) އުމުރުން 4 އަހަރު ފުރިފައިވާ ދަރިވަރުންނަށް ކަމުގައި ކަނޑައަޅާފައިވީ

   ނަމަވެސް ހިނގާ އަހަރުގެ (2026 ވަނަ އަހަރުގެ) 31 މާރިޗުގެ ނިޔަލަށް 4 އަހަރު ފުރޭ ދަރިވަރުންނަށް އެލް.ކޭ.ޖީއަށް ވަނުމުގެ ފުރުޞަތު ބެލެނިވެރިޔާ އެދިއްޖެނަމަ އެ ދަރިވަރަކަށް ދެވިދާނެއެވެ.

   ނަމަވެސް މި ފުރުޞަތު ދެވޭނީ ނާސަރީ ފުރިހަމަކޮށްފައިވާ ދަރިވަރުންނަށްކަމުގައި ދަންނަވަމެވެ.

  • އެޑްމިޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:
  • ދަރިވަރުގެ އައިޑީކާރޑު އަސްލާ ކޮޕީ،
  • ބެލެނިވެރިޔާގެ އައިޑީކާޑުގެ ކޮޕީ،
  • ވެކްސިން ދެވިފައިވާ ގޮތް އަންގައިދޭ ވެކްސިން ކާޑުގެ އަސްލާ ކޮޕީ،
  • ކުއްޖާގެ ޞިއްޙީ މައްސަލައެއްވާނަމަ އެކަމުގެ ލިޔެކިޔުންތައް،
  • ހަގު އުމުރުފުރާއިން ދަރިވަރު މަދަރުސާއަށް ވައްދާނަމަ ބެލެނިވެރިޔާ އިޢުތިރާޒު ނުކުރާކަމުގެ ލިޔުން، އަދި ނާސަރީގައި އުޅުމުކަމުގެ ލިޔުން. 

 

20 ޖުލައި 2025
ހޯދާ