މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް
ދިވެހިރާއްޖެ
ޕްރޮޖެކްޓް މެނޭޖަރ

މަޤާމު: ޕްރޮޖެކްޓް މެނޭޖަރ

ބޭނުންވާ އަދަދު: 1

މަޤާމުގެ ގިންތި:  ކޮންޓްރެކްޓް ސްޓާފް

ޕްރޮޖެކްޓް ގެ ނަން: " އެންހޭންސްޑް އާރލީވޯނިން ކެޕޭސިޓީ އޮފް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް ބައި އިންޓެގްރޭޓިން އެންޑް ޕްރޮކިއުމެންޓް އޮފް އެކްސް-ބޭންޑް ކޮމްޕެކްޓް ވެދާރ ރޭޑަރ ނެޓްވޯރކް ފޯ އާރލީ ޑިޓެކްޝަން އޮފް ނެޗުރަލް ޑިސާސްޓާރ އިން މޯލްޑިވްސް އާކިޕެލާގޯ"

މަސައްކަތް ކުރަން ޖެހޭ ތަން: ހުޅުލޭގައި ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އޮފީހުގައި.

މުސާރަ ( އެލަވަންސްތަކާ އެއްކޮށް): 24،030 ރުފިޔާ.

އެހެނިހެން ޢިނާޔަތްތައް: ރިޓަޔާރމެންޓް ޕެންޝަން ސްކީމް، ހަމަޖެހިފައިވާ އުސޫލުން ކޮއްތުފައިސާ އާއި ދަތުރުފަތުރު އެލަވަންސް.

މި ވަޒީފާގެ ޝަރުޠުތަކާއި މަސްޢޫލިއްޔަތުތައް ހިމެނޭހެން "ޓަރމްސް އޮފް ރިފަރެންސް" މި އިޢުލާނާއިއެކު ޑައުންލޯޑް ކުރެވޭގޮތަށް އެއްއުރަކޮށްފައިވާނެއެވެ. މިކަމަށް ޝައުޤުވެރިވެލައްވާ، ޝަރުޠު ހަމަވާ ފަރާތްތަކުން ހުށަހަޅަން ޖެހޭ ލިއުންތައް:

  1. މި މަޤާމަށް އެދި ހުށަހަޅާ ސިޓީ ( ޕްރޮޖެކްޓްގެ ނަމާއި ކުރިމަތިލާ މަޤާމު އެނގޭނެހެން)
  2. ހުށަހަޅާ ފަރާތުގެ ހުނަރާއި ގާބިލުކަން ސާބިތު ކޮށްދޭ ވަނަވަރު (ގުޅޭނެ ފޯނުނަމްބަރާއި އީމެއިލް އެޑްރެސް އަދި ކުރިން މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ އެ މަޢުލޫމާތުވެސް ހިމެނޭގޮތަށް)،
  3. ލިބިފައިވާ ތަޢުލީމީ ފެންވަރު އަންގައިދޭ ސެޓިފިކެޓުގެ ކޮޕީ ( ރާއްޖޭއިންބޭރުގެ ސެޓްފިކެޓެއްނަމަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ލެވަލް ކަނޑައަޅާ ތައްގަޑު ޖަހާފައިވާ ކޮޕީ )
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑުގެ ކޮޕީ،
  5. ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ ވަޒީފާއަދާކުރި ތަނުން ދީފައިވާ ލިޔުމުގެ ކޮޕީ،
  6. އަދި ސިވިލް ސަރވިސް މުވައްޒަފެއް ނަމަ މިހާރު މަސައްކަތްކުރާ އޮފީހުން މި ވަޒީފާއަށް އެ މުވައްޒަފެއް ވީއްލާނެކަމުގެ ސިޓީ

މަޤާމަށް އެދެންވީ ގޮތް: މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  2025 ޖުލައި 30 ވަނަ ދުވަހު 1300ގ ގެ ކުރިން މި އޮފީހުގެ އީމެއިލް އެޑްރެސް [email protected]  އަށެވެ. އަދި އިއުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދުދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ދުވަސް އިތުރުކޮށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. ފުރިހަމަ އެޕްލިކޭޝަން އެއްގެ ގޮތުގައި ބަލައިގަނެވޭނީ ހުރިހާ ސަޕޯޓިންގ ޑޮކިޔުމެންޓްތައް އެޓޭޗްކުރެވިފައިވާ އެޕްލިކޭޝަންތައް ކަމުގައި ދަންނަވަމެވެ. މި މަޤާމަށް 10 މީހުންނަށް ވުރެން ގިނައިން ކުރިމަތިލައިފިނަމަ ހުށަހަޅާފައިވާ ލިޔެކިއުންތަކަށްބަލައި ޝޯޓްލިސްޓްކޮށް އިންޓަވިއުއަށް ދަޢުވަތުދެވޭނީ އެންމެރަނގަޅު 10 މީހުންނަށެވެ.

އިންޓަވިއު: މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2025 އޯގަސްޓް 03 އާއި އޯގަސްޓް 07 ވަނަދުވަހާއި ދެމެދުގެ ދުވަހެއްގައި ހުޅުލޭގައި ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގައެވެ.

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ މިއޮފީހުގެ 3037215  ނުވަތަ  3037224 ނަމްބަރ އަށެވެ. ނުވަތަ މި އޮފީހުގެ އީމެއިލް [email protected]    އީމެއިލް އަށެވެ.

  

ނޯޓް: މި މަޤާމަށް ހޮވޭ މުވައްޒަފަކު މަޤާމަށް ޢައްޔަން ކުރުމުގައި އެ މުވައްޒަފެއްގެ ޤާނޫނީ ފޯމާއި މެޑިކަލް ކްލިއަރެންސް ރިޕޯޓް ހުށަހެޅުމުން އޭގެ މައްޗަށް ބިނާކުރެވޭނެއެވެ. އަދި މަޢުލޫމާތު ފުރިހަމަނޫން އެޕްލިކޭޝަންތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އަށް ލިބިގެންވެއެވެ. މި އިޢުލާނު ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚްތިޔާރު މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އަށް ލިބިގެންވެއެވެ.

20 ޖުލައި 2025
ހޯދާ