ދިވެހިރާއްޖެ
ބާރަށު އަންހެނުންގެ ތަރައްޤީ އަށް މަސައްކަތްކުރާ ކޮމިޓީން އިސްނަގައިގެން ސާންތިވިޔަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ހިންގުމަށް ކުރެވުނު ނަންބަރު 257/257/2025/47(IUL) އިއުލާނަށް އެކަށީގެންވާ އަދަދަށް ބައިވެރިން ނުލިބުމުގެ ސަބަބުން އިއުލާން ބާތިލްކޮށް، އަލުން މި ޕްރޮގްރާމް ހިންގުމަށް ހުޅުވާލަމެވެ.
މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ 01 އޮގަސްޓް 2025 އިން 15 އޮގަސްޓް 2025 އަށެވެ.
މި ޕްރޮގްރާމް ފުރިހަމަކޮށް ވަނަ ވަނަ އަށްދާ ފަރާތްތަކަށް ފައިސާގެ އިނާމެއް ލިބޭގޮތަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން:
- 01 ވަނަ އަށް ދާ ފަރާތަކަށް -/1500 (އެއްހާސް ފައްސަތޭކަ ރުފިޔާ)
- 02 ވަނަ އަށް ދާ ފަރާތަކަށް -/1000 (އެއްހާސް ރުފިޔާ)
- 03 ވަނަ އަށް ދާ ފަރާތަކަށް -/500 (ފައްސަތޭކަ ރުފިޔާ)
އެހެންކަމުން މި ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ 15 އަހަރުންމަތީގެ އަންހެން ބޭފުޅުން 24 ޖުލައި 2025 ވަނަ ދުވަހުގެ 13:00 ގެ ކުރިން ބައިވެރިވުމަށް އެދޭ ގޫގުލް ފޯމް ފުރުއްވުންއެދެމެވެ. ނުވަތަ މިކައުންސިލްގެ ވައިބަރ ނަންބަރު ( 7930016 ) އަށް އެބޭފުޅެއްގެ ފުރިހަމަ ނަމާއި އެޑްރެސް، އުމުރު އަދި ފޯނު ނަންބަރު ޖައްސަވާ މެސެޖް ކުރެއްވުން އެދެމެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދަވާނީ މި ކޮމިޓީގެ މެމްބަރުންނެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދެވޭނީ މަދުވެގެން 10 ބޭފުޅުން ބައިވެރިވާނަމައެވެ.
ގޫގުލް ފޯމްގެ ލިންކް: https://forms.gle/Z1uNirhfp6rfM59U8
ވީމާ، މިކަން އާންމުކޮށް އެންގުމަށް ޓަކާ އިޢުލާން ކުރީމެވެ.