ދިވެހިރާއްޖެ
މިއިދާރާގެ ނަންބަރު: IUL)284-MS/284/2015/31) (ތާރީޚު:13 އޮގަސްޓް 2015) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަގުތައް ބޮޑުކަމުން އެއިޢުލާން ބާޠިލުކޮށް، އަލުން ށ. މިލަންދޫގައި ޤާއިމުކޮށްފައިވާ ވޭސްޓް މެނޭޖްމަންޓް ސެންޓަރގެ ކަރަންޓު ވަޔަރު ކުރުމުގެ މަސައްކަތަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ހުށަހަޅަންވީ ތަކެތި
- މިމަސައްކަތް ކޮށްދެވޭނެ އަގު (ޖީ.އެސް.ޓީ ހިމަނައިގެން)
- މަސައްކަތް ނިންމޭނެ މުއްދަތު
- ހުށަހަޅާފައިވާ އަންދާސީހިސާބު ބާތިލުވާ މުއްދަތު މަދުވެގެން 45 ދުވަހަށް ވާންވާނެއެވެ.
- ކުންފުނީގެ މަޢުލޫމާތު (ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރަޖިސްޓްރޭޝަން ކޮޕީ، ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ކޮޕީ، މިމަސައްކަތުގައި ކުންފުނީގެ ފަރާތުން މުޢާމަލާތު ކުރާނޭ ފަރާތުގެ ނަން، މަޤާމު އަދި ފޯނު ނަންބަރު) އަދި އަމިއްލަ ފަރުދެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ.
- މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.
މި ޕުރޮޖެކްޓަށް ހުށަހެޅޭ، ޓެކްނިކަލް ގޮތުން ގަބޫލުކުރެވޭ ޕްރޮޕޯސަލްތައް އިވެލުއޭޓު ކުރާއިރު ބެލެވޭނެ ބައިތައް
- ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު
- ހުށަހެޅޭ އެންމެ ކުރު މުއްދަތު / ހުށަހެޅި މުއްދަތު
- މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައި
ބިޑް ހުށަހަޅުއްވަންވީގޮތް
މިމަސައްކަތަށް ބިޑް ހުށަހަޅުއްވަންވާނީ މިކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތަށް ބިޑްތައްޔާރުކުރުމަށްފަހު ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. އަދި ސިޓީއުރާއިގެ ބޭރުގައި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި ހުންނަންވާނެއެވެ.
އިކޮނޮމިކް، ސޯސަލް އެންޑް މުނިސިޕަލް ސަރވިސް ޔުނިޓް
މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ކައުންސިލްގެ އިދާރާ
ށ.މިލަންދޫގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރގައި ކަރަންޓް ވަޔަރުކުރުމާއި ގުޅޭ އިޢުލާނު ނަންބަރު: IUL)284-PR/284/2015/34)
ޕްރީ ބިޑް ބައްދަލުވުން
މިމަޝްރޫއުގެ ޕްރީ ބިޑް ބައްދަލުވުން އޮންނާނީ 01 އޮކްޓޫބަރު 2015 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގައި ށ. މިލަންދޫގެ ކައުންސިލް އިދާރާގައެވެ.
ބިޑު ހުޅުވުން
ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 06 އޮކްޓޫބަރު 2015 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 1:00 ގައި ށ. މިލަންދޫ ކައުންސިލްގެ އިދާރާގައި، މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެތެރެއިން މި ޖަލްސާގައި ބައިވެރިވެވަޑައިންނަވާ ބޭފުޅުންގެ ހާޒިރުގައެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން 06 އޮކްޓޫބަރު 2015 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 1:00 އަށް ބީލަން ފުރިހަމަކުރުމަށްފަހު ބަންދުކޮށްފައިވާ ސިޓީ އުރައެއްގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ނޯޓް:
- މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު ށ. މިލަންދޫ ކައުންސިލްގެ އިދާރާއަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު ށ. މިލަންދޫ ކައުންސިލްގެ އިދާރާއަށް ލިބިގެންވެއެވެ.
- މި އިޢުލާނާގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6540063 ނަންބަރު ފޯނަށެވެ.
މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ކައުންސިލްގެ އިދާރާ
މިލަންދޫ،
ދިވެހިރާއްޖެ.
30 ޛުލްޤަޢިދާ 1436