އަރިއަތޮޅު ދެކުނުބުރީ މަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އދ.މަންދޫ ލޯކަލް އޮތޯރިޓީ ކުންފުންޏަށް މިނިވަން ޑިރެކްޓަރެއް ހޯދުން

 

އދ.މަންދޫ ލޯކަލް އޮތޯރިޓީ ކުންފުންޏަށް މިނިވަން ޑިރެކްޓަރެއް ހޯދުން

 

        ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2010/7) ގެ 11 ވަނަ ބާބު، 70 ވަނަ މާއްދާ "ކައުންސިލްތަކުން ވިޔަފާރިކުރުން" ގެ (ހ) އަދި (ށ) ވަނަ މާއްދާގައި ބަޔާންކުރާ ހަމަތަކުގެމަތިން އުފެއްދުމަށް ހަމަޖެހިފައިވާ " އދ.މަންދޫ ލޯކަލް އޮތޯރިޓީ ކުންފުނި"ގެ ޑިރެކްޓަރުންގެ ބޯޑަށް މިނިވަން ޑިރެކްޓަރގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަމެވެ. ބޯޑުގެ ޑިރެކްޓަރުން ހޮވާނީ ކައުންސިލްތަކުން ލޯކަލް އޮތީރިޓީ ކުންފުނި އުފެއްދުމާއި، އަމިއްލަ ފަރާތްތަކާއެކު ވިޔަފާރިކުރުމާބެހޭ ޤަވާޢިދުގައިވާ (ޤަވާޢިދު ނަންބަރު:R-49/2021) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

         އަދި މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކަކީ "ކައުންސިލްތަކުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމާއި، އަމިއްލަ ފަރާތްތަކާއެކު ވިޔަފާރިކުރުމާބެހޭ ޤަވާޢިދުގައިވާ (ޤަވާޢިދު ނަންބަރު:R-49/2021) ގައި ރަޖިސްޓްރާރ އޮފް ކޮމްޕެނީޒް ކަނޑައަޅާފައިވާ "ފިޓް އެންޑް ޕްރޮޕަރ" ޑިރެކްޓަރުންގެ ބޯޑުގެ ޝަރުތުތައް ފުރިހަމަވާ އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީން އެކުލަވާލާފައިވާ ލޯކަލް އޮތޯރިޓީ ކުންފުނީގެ ޑިރެކްޓަރުންގެ ސުލޫކީ މިންގަނޑު (01/221/2022އ) ގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާއި ސިފަތައް ފުރިހަމަވާ ފަރާތެއްކަމުގައި ވާންވާނެއެވެ.

މަޤާމް: ޑިރެކްޓަރ (މިނިވަން ޑިރެކްޓަރ)

ވަޒީފާ އަދާކުރަންޖެހޭ ތަން: އދ.މަންދޫ ލޯކަލް އޮތޯރިޓީ ކޮމްޕެނީ ލިމިޓެޑް، އދ.މަންދޫ

އަދަދު: 1 (އެކެއް)

ވަޒީފާގެ ބާވަތް:  ކޮންޓްރެކްޓް 1 އަހަރު (ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު)

މުސާރަ: ޖަލްސާއަކަށް -/750ރ (ގިނަވެގެން މަހަކު 4 ޖަލްސާ)

ތަޢުލީމާއި ތަޖުރިބާގެ ޝަރުތުތައް

  1. މަތީ ސާނަވީ ތަޢްލީމު ފުރިހަމަކޮށްފައިވުމާއެކު، ވިޔަފާރީގެ ދާއިރާ ނުވަތަ ހިންގުމުގެ ދާއިރާގައި 2 އަހަރު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  1. ސާނަވީ ތަޢްލީމު ފުރިހަމަކޮށްފައިވުމާއެކު، ވިޔަފާރީގެ ދާއިރާ ނުވަތަ ހިންގުމުގެ ދާއިރާގައި 2 އަހަރު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.

 

އެހެނިހެން ޝަރުތު

  1. އުމުރުން 18 އަހަރުވެފައިވާ ދިވެހި ރައްޔިތެއްކަމުގައިވުން.
  2. ބުއްދި ސަލާމަތުންހުރި މީހެއް ކަމުގައިވުން.
  3. ވޭތުވެދިޔަ 6 މަސް ދުވަހުގެ ތެރޭގައި "ރަޖިސްޓްރާރ އޮފް ކޮމްޕެނީޒް ކަނޑައަޅާފައިވާ ޑިރެކްޓަރުންގެ ތަމްރީން" ފުރިހަމަ ކޮށްފައިވާ ފަރާތެއް ކަމުގައިވުން ނުވަތަ ތަމްރީން ފުރިހަމަ ކުރުމަށް އެއްބަސްވާ ފަރާތެއް ކަމުގައިވުން.

(ނޯޓް: ވޭތުވެދިޔަ 6 މަސް ދުވަހުގެ ތެރޭގައި އިސްވެ ދެންނެވުނު ތަމްރީން ފުރިހަމަކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.)

  1. ދިވެހިރާއްޖެގެ އެއްވެސް ކޯޓެއްގައި އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތްނަމަ، އެ ދަރަންޏެއް ދައްކަމުން އަންނަ މީހަކަށްވުން.
  2. ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ، 12 މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް ކުރެވިފައިވާ މީހަކުނަމަ، އެ ހުކުމުން ކަނޑައެޅުނު އަދަބު މަޢާފުކުރެވުނުތާ މަދުވެގެން 3 އަހަރު ވެފައިވުން. ނަމަވެސް ވައްކަމާއި ޓެކުން އަދި ޚިޔާނާތުގެ ކުށެއް ކުރިކަން ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން.
  3. އެހެން ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކޮށްފައިވާ ފަރާތަކަށް ނުވުން.
  4. ކައުންސިލުން ވިޔަފާރި ކުރަމުންދާ ސިނާޢަތެއްގައި ނުވަތަ ވިޔަފާރިކުރުމަށް ހުށައަޅާ ސިނާޢަތުގައި ވިޔަފާރިކުރުމަށް ހުށައަޅާ ސިނާޢަތެއްގައި ވިޔަފާރިކުރާ ފަރާތަކަށް ނުވުން.
  5. ވޭތުވެދިޔަ 2 އަހަރު ތެރޭގައި ކައުންސިލަށް އެއްވެސް ހައިސިއްޔަތަކުން އެއްވެސް ބާވަތެއްގެ ޚިދުމަތެއް ދެމުން އަންނަ ފަރާތަކަށްނުވުން. 

ހުށައަޅަންޖެހޭ ލިޔުންތައް:

(ހ) ވަޒީފާއަށް އެދި ކުރިމަތިލާކަމުގެ ސިޓީ

(ށ) ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

(ނ) ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

(ރ) ތަޢުލީމީ އަދި ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތް ކަމުގެ ތައްގަނޑު ޖަހާފައިވާކޮޕީ)

(ބ) ކުށާއި ދަރަނީގެ ރެކޯޑް (ޢުމުރަށް)

(ޅ) "ރަޖިސްޓްރާރ އޮފް ކޮމްޕެނީޒް ކަނޑައަޅާފައިވާ ޑިރެކްޓަރުންގެ ތަމްރީން" ފުރިހަމަކޮށްފައިވާ ފަރާތެއްނަމަ، ސެޓްފިކެޓްގެ ކޮޕީ (އަސްލާ އެއްގޮތް ކަމުގެ ތައްގަނޑު ޖަހާފައިވާކޮޕީ)

 

ވީމާ، މި މަޤާމްތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 28 ޖުލައި 2025 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މި އިދާރާގެ އީމެއިލް [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މި މަގާމުތަކުގެ ޒިންމާއާއި މަސްއޫލިއްޔަތުތައް މި އިއުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

     މި މަޤާމުތަކަށް ކުރިމަތިލައްވާ ފަރާތްތައް، ކައުންސިލުން އިވެލުއޭޓް ކުރުމަށްފަހު ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއި އިންޓަވިއު ކުރެވޭނެއެވެ. އަދި ޝޯޓްލިސްޓްކުރެވި އިންޓަވިއުކުރެވުނު ފަރާތްތަކުގެ ނަންތައް ކައުންސިލްގެ ބައްދަލުވުމަށް ހުށައަޅައި، ކައުންސިލްގެ ރަސްމީ ޖަލްސާއަކުން މެންބަރުން ކަނޑައަޅާގޮތެއްގެ މަތިން، ޑިރެކްޓަރުކަމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ތެރެއިން ބޯޑުގެ ޑިރެކްޓަރުކަމަށް އައްޔަނު ކުރެވޭ ފަރާތްތައް ކަނޑައެޅޭނެއެވެ.

20 ޖުލައި 2025
ހޯދާ