ދިވެހިރާއްޖެ
އަންދާސީ ހިސާބު ހޯދުން
ފ. ދަރަނބޫދޫ ޕްރީސްކޫލްގެ ދެކުލާސްރޫމާއި އިދާރީބައި ހިމެނޭ އާޢިމާރާތުގެ ދެވަނަ ފިޔަވަހީގައި ކުރަންހުރި ތިރީގައި މިދަންނަވާ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
- ހިޔާކުރުމާއި ސީލިންގކުރުން.
- ތަޅުން އެޅުމާއި ސިމެންތިޖެހުން.
- ކަރަންޓް ވައިރުކުރުން.
- ދޮރާއި ދޮރުފަތް ޖަހައި ހަރުކުރުން.
ވީމާ، މިމަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދެވިދާނެ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހަޅާ ފޯމު ފުރިހަމަ ކުރައްވައި 2015 އޮކްޓޫބަރު 08 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިއިދާރާއަށް ދުރުވެދެއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކޮށްދިނުން އޮންނާނީ 2015 އޮކްޓޫބަރު 04 ވާ އާދީއްތަ ދުވަހުގެ 14:00 ގައި މިއިދާރާގައެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާ އުމުރުން 18 އަހަރު ފުރިހަމަވެފައިވާ ބޭފުޅުންނަށެވެ. ކޮމްޕެނީ، ކުލަބު ޖަމުއިއްޔާ، ކޮމެޓީތަކުގެ ނަމުގައި އަންދާސީ ހިސާބު ހުށަހަޅާނަމަ، މަޢުލޫމާތު ސާފުކުރަން ވަޑައިގަންވާއިރާއި، އެސްޓިމޭޓް ހުށަހަޅާއިރު އެފަރާތުގެ ރަސްމީ ސިޓީއެއް ގެންނަން ޖެހޭނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީ ހިސާބު ތަކާއި، ފޯމްގައިވާ މަޢުލޫމާތު ފުރިހަމަ ނުވާ ފޯމުތައް ބަލައި ގަނެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅާ ފޯމުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަ ކުރަންވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ މިއިދާއިން ދޫކުރާ އަންދާސީ ހިސާބު ހުށަހަޅާ ފޯމުގައެވެ. އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ރަސްމީ ގަޑީ މިއިދާރާގެ 6740015 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
24 ޛުލްޤަޢިދާ 1436