ދިވެހިރާއްޖެ
ދިވެހިރާއްޖެ،
ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑަޕްޓޭޝަން، ޑިސެންޓަރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން (ޑީމެޑް) ޕްރޮޖެކްޓް P177040
ގްރާންޓް ނަންބަރު: E047-MV
މަސައްކަތުގެ ބާވަތް: ޕްރޫފް އޮފް ކޮންސެޕްޓް (ޕީއޯސީ) - ސޮފްޓްވެއަރ-ޑިފައިންޑް ވައިޑް އޭރިއާ ނެޓްވޯކް (އެސްޑީ-ވޭން) އިމްޕްލިމެންޓޭޝަން
ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އިން ވޯލްޑް ބެންކްގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދާ ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑަޕްޓޭޝަން، ޑިސެންޓަރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން (ޑީމެޑް) ޕްރޮޖެކްޓުން، ޤައުމީ ކޮމްޕިއުޓަރ ވިއުގައިގެ ޚިދުމަތް (ކަވަރޭޖް) އިތުރަށް ފުޅާކުރުމަށާއި، މި ވިއުގައިގެ ވިލުންތެރިކަން އިތުރުކުރުމަށް، ސޮފްޓްވެއަރ ޑިފައިންޑް ވައިޑް އޭރިއާ ނެޓްވޯކް (އެސްޑީވޭން) ޓެކްނޯލޮޖީ ބޭނުންކޮށްގެން، ރާއްޖޭގެ އެކި ސަރަހައްދުގައި ޤާއިމްކޮށްފައިވާ އިދާރާތަކުގައި ހުރި އިންޓަރނެޓް ބޭންޑްވިތް ކެޕޭސިޓީއަށް ބިނާކުރުމުގެ މަސައްކަތުގެ ތެރެއިން ޕްރޫފް އޮފް ކޮންސެޕްޓް (ޕީ.އޯ.އެސް) ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދައުވަތު އަރުވަމެވެ.
މި ޕީ.އޯ.ސީ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، ސަރުކާރުގެ ނުވަތަ މަޝްރޫޢުގެ މާލީ އެއްވެސް މަސްއޫލިއްޔަތެއް ނެތި، ވިޔަފާރީގެ ގޮތުން ނޮން-ބައިންޑިންގ އުސޫލުގެ ދަށުންނެވެ. މި ޕީ.އޯ.ސީއާ ގުޅުންހުރި ހުރިހާ ޚަރަދެއް ކުރަން ޖެހޭނީ ބައިވެރިވާ ކުންފުނިތަކުންނެވެ.
މި ޕީ.އޯ.ސީ އަކީ ޤައުމީ ނެޓްވޯކްގެ ބޭނުންތައް ދެނެގަތުމަށާއި މޯލްޑިވްސް ނޭޝަނަލް ކޮމްޕިއުޓަރ ނެޓްވޯކް (އެން.ސީ.އެން) ފުޅާކުރުމަށް ޓެކްނިކަލް ސްޕެސިފިކޭޝަންތައް ތައްޔާރުކުރުމަށް ކުރިއަށްގެންދެވޭ ކޮންސަލްޓެންސީ މަސައްކަތުގެ ބައެކެވެ.
މި މަސައްކަތާ ގުޅޭ އިތުރު މަޢުލޫމާތު މި ދަޢުވަތާ އެކީގައި ޝާއިޢު ކުރެވިފައިވާ "ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރ.)" ގައި ވާނެއެވެ. އަދި މި މިނިސްޓްރީގެ ވެބް ސައިޓްއިން www.mohst.gov.mv ލިބެން ހުންނާނެއެވެ.
ވީމާ، ޝައުޤުވެރިވާ ފަރާތްތަކުން 2025 ޖުލައި 31 ވަނަ ދުވަހު ގަޑިން 10:00 ގެ ކުރިން، "ޕްރޮޕޯސަލް" ތިރީގައިވާ އެޑްރެހަށް ހުށަހެޅުން އެދެމެވެ. " ޕްރޮޕޯސަލް" ޕޯސްޓް މެއިލް ނުވަތަ އީމެއިލް މެދުވެރިކޮށް ވެސް ހުށަހެޅިދާނެއެވެ.
ޕްރޮޖެކްޓް މެނޭޖަރ
ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑަޕްޓޭޝަން، ޑިސެންޓަރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން (ޑީމެޑް) ޕްރޮޖެކްޓް،
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ،
ކަލާފާނު ހިނގުން، މާލެ 20064، ދިވެހިރާއްޖެ.
[email protected]އީމެއިލް:
ވެބްސައިޓް: www.environment.gov.mv
ފޯނު ނަންބަރު: +(960)330-2253