ދިވެހިރާއްޖެ
ސްޓަޑީގައިޑް ލިޔުމަށް ބޭނުންވެއްޖެ
މި ސެންޓަރުން ހިންގާ ކޯސްތަކުގެ ބައެއް މާއްދާތަކުގެ ސްޓަޑީގައިޑް ލިޔުމަށާއި ސްޓަޑީގައިޑް ރިވައިޒް ކުރުމަށް ކުރެވުނު ނަންބަރު IUL)COL/1/2015/09) އިޢުލާނާ ގުޅިގެން، ތިރީގައި ދެންނެވިފައިވާ މާއްދާއަށް ސްޓަޑީގައިޑް ލިޔުމަށް އެކަށީގެންވާ މިންވަރަށް އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެމަސައްކަތަށް ކުރިމަތިލުމަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 28 ސެޕްޓެންބަރު 2015 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 އަށް މި ސެންޓަރަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 30 ސެޕްޓެންބަރު 2015 ވާ ބުދަ ދުވަހުގެ މެންދުރުފަހުގެ 14:00 އަށް މި ސެންޓަރަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ސެޝަނަށް ހާޒިރުނުވެ، ފަހުން މަޢުލޫމާތު ކަރުދާސް ގެންދާ ފަރާތްތަކަށްވެސް އަންދާސީހިސާބު ހުށައެޅުމުގެ ފުރުޞަތު ދެވޭނެއެވެ. ނަމަވެސް އަންދާސީހިސާބު ބަލައިގަނެވޭނީ އެކަމަށް ކަނޑައެޅިފައިވާ ގަޑީގައި އެކަންޏެވެ.
|
ކޯސް |
މާއްދާ |
މަސައްކަތް |
1 |
ބެޗުލަރ އޮފް ނަރސިންގ |
ކޮމިއުނިޓީ ހެލްތު ނަރސިންގ ސްޓަޑީޒް II |
ސްޓަޑީގައިޑް ލިޔުން |
މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުނަމަ، އޮފީސް ގަޑީގައި 3345192 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
2 ޛުލްޙިއްޖާ 1436