ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"މަސްވެރިންގެ ދުވަސް 2025" ހޯސްޓް ކުރާނެ ރަށެއް ކަނޑައެޅުމާ ބެހޭ

              މި އަތޮޅުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާ އެއްބައިވަންތަކަން ދަމަހައްޓައި އާލާކޮށް، އިޖްތިމާޢީ ގުޅުން ބަދަހިކުރުމުގެ މަޤްޞަދުގައި މިކައުންސިލުން 2025 ވަނަ އަހަރުގެ މަސްވެރިންގެ ދުވަސް ކުލަގަދަ ގޮތެއްގައި އަތޮޅުގައި ފާހަގަކުރުމަށް ޓަކައި، ޕްރޮޕޯސަލް ހުށަހެޅުމަށް މި އަތޮޅުގެ ރަށު ކައުންސިލްތަކާއި ކުލަބު ޖަމްޢިއްޔާތަކަށް ހުޅުވާލަމެވެ.

               މަސްވެރިންގެ ދުވަސް ހޯސްޓްކުރަން ބޭނުންވާ ރަށްރަށުން، ޕްރޮޕޯސަލް ފުރިހަމަ ކުރުމަށްފަހު 2025 އޮގަސްޓް 27 ވާ ބުދަ ދުވަހުގެ 12:00 ކުރީން މި ކައުންސިލްގެ ރަސްމީ އީމެއިލް [email protected]   އަށް  ނުވަތަ އަތޮޅު ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.  ސުންގަޑީގެ ފަހުން ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

              ހޯސްޓްކުރާނެ ރަށެއް ކަނޑައަޅާނީ، މާކްސް ލިބޭ އުސޫލަށް ބަލައި އިވެލުއޭޝަން ކޮމިޓީން ނިންމާ ގޮތެއްގެ މަތީންނެވެ. ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ ފޯމުތައް އިވެލުއޭޝަންގައި ނުހިމެނޭނެއެވެ. ހޯސްޓުކުރުމުގެ ފުރުޞަތު ލިބޭ ފަރާތަކަށް 30000.00 ރުފިޔާގެ ފައިސާގެ އެހީތެރިކަން މިކައުންސިލުގެ ފަރާތުން ދިނުމަށް ހަމަޖެހިފައިވާކަމުގައި ދެންނެވީމެވެ. 

17 ޖުލައި 2025
ހޯދާ