މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ފެނާއި ނަރުދަމާގެ ޤާނޫނު ރިވިއުކޮށް ފައިނަލައިޒްކުރުމަށް ފަންނީ އެހީތެރިކަން ހޯދުން

ފެނާއި ނަރުދަމާގެ ޤާނޫނު ރިވިއުކޮށް، ފައިނަލައިޒްކުރުމަށް ފަންނީ އެހީތެރިކަން ހޯދުން

ޕްރޮޕޯޒަލް ހުށަހެޅުމުގެ ދަޢުވަތު

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ (އެމް.އީ.އީ.) އިން ފެނާއި ނަރުދަމާގެ ޤާނޫނު ރިވިއުކޮށް ފައިނަލައިޒްކުރުމަށާއި، ފަންނީ އެހީތެރިކަން ހޯދުމަށް، ނޭޝަނަލް އިންޑިވިޖުއަލް ކޮންސަލްޓެންޓެއް ބޭނުންވެއެވެ. މި މަސައްކަތަށް މި މިނިސްޓްރީން 31 އޮގަސްޓު 2015 ގައި ކޮށްފައިވާ ނަންބަރު IUL)438-PDU/1/2015/107) އިޢުލާނާ ގުޅިގެން ހުށަހަޅުއްވާފައިވާ ބީލަންތައް، ކަނޑައެޅިފައިވާ ޝަރުޠުތަކަށް ނުފެތޭތީ، އެ ބިޑްތައް ބާޠިލުކޮށް އަލުން އިޢުލާނުކުރަމެވެ.

މި މަސައްކަތުގެ މަޤުޞަދަކީ، ތައްޔާރުކުރެވިފައިވާ ޑްރާފްޓް ފެނާއި ނަރުދަމާގެ ޤާނޫނު ރިވިއުކޮށް، ފެނާއި ނަރުދަމާގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާ މަޝްވަރާކޮށް، ޤާނޫނު ފައިނަލް ކުރުމެވެ.

ކޮންސަލްޓެންޓުގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުޠުތަކުގެ ތެރޭގައި:

ހ) ޤާނޫނީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދު ހާސިލު ކޮށްފައިވުން.

ށ) މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 7 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނ) ޤާނޫނު އެކުލަވާލުމާއި، ޤާނޫނީ ގޮތުން ކުރަންޖެހޭ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ރ) ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ އަދި ޤާނޫނުތަކަށް އަހުލުވެރިވެފައިވާ ފަރާތެއް ކަމުގައިވުމަކީ އެދެވިގެންވާ ކަމެކެވެ.

- އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ޤާބިލުކަން ލިބިފައިވުމާއެކު، ދިމާވާ މައްސަލަތައް ޙައްލުކުރުމަށް މުޢާމަލާތްކުރުމުގެ ހުނަރު ލިބިފައިވުމާއި، މައްސަލަތައް ޙައްލުކުރުމުގެ ޤާބިލުކަން ލިބިފައިވުން އަދި ތަފާތު ހުނަރުތައް އެކުލެވޭ ޓީމެއްގައި މަސައްކަތް ކުރުމުގެ ޤާބިލުކަން ލިބިފައިވުން؛ 

- މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ ނަޒާހަތްތެރި، އެހެނިހެން ފަރާތްތަކުގެ ނުފޫޒުން އެއްކިބާވެފައިވާ ފަރާތަކަށް ވާންޖެހޭނެއެވެ.

- މި މަޤާމަށް ކުރިމަތިލާ ފަރާތްތަކާ ހަވާލުކުރެވިފައިވާ ސިވިލް ސަރވިސް މަޤާމުގެ މަސައްކަތް ކުރަމުންދާ ގޮތުގެ ފެންވަރު ބަލައި ވަޒަންކުރެވޭނެއެވެ.

މި މަސައްކަތްކުރުމަށް ކަނޑައެޅިފައިވާ މުއްދަތަކީ، މަސައްކަތާ ހަވާލުކުރެވިފައިވާ ތާރީޚުން ފެށިގެން 60 ދުވަހެވެ.

މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ފަރާތުން ހުޅުވާލަމެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މިމަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތުކޮށްދިނުމުގެ ގޮތުން؛ ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ މަޢުލޫމާތު، މިފަދަ މާޙައުލުތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަންވާނެއެވެ.

މި މަސައްކަތުގެ "ޓަރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ.

"އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ތިރީގައިވާ އެޑްރެހަށެވެ. ބީލަން ހުޅުވުން އޮންނާނީ ޝައުޤުވެރިވާ ފަރާތްތަކުގެ ހާޒިރުގައި، 30 ސެޕްޓެންބަރު 2015 ވަނަދުވަހުގެ 11:00 ގައި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައެވެ.

ޕްރޮކިއުމަންޓް ޔުނިޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ހަނދުވަރީ ހިނގުން،މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

ފެކްސް: 301-3018-960+

އީމެއިލް: [email protected]

"އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުންނަންވާނީ ބަންދު ކުރެވިފައިވާ ސީޓީއުރައެއްގައެވެ. ބޭރުގައި "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" މި މަސައްކަތުގެ ނަމާއި، ހުށަހެޅިފަރާތުގެ ނަމާއި، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު ލިޔެފައި އޮންނަންވާނެއެވެ.

17 ސެޕްޓެންބަރު 2015
ހޯދާ