ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގެދޮރުވެރިކަމުގެ މަޝްރޫޢުގެ ދަށުން އަމިއްލަ ގޯތީގައި ހައުސިންގ ޔުނިޓް އެޅުމަށް ބޭނުންވާ ފަރާތްތައް ހޯދުން

އިޢުލާން

ގެދޮރުވެރިކަމުގެ މަޝްރޫޢުގެ ދަށުން އަމިއްލަ ގޯތީގައި ހައުސިންގ ޔުނިޓް އެޅުމަށް ބޭނުންވާ ފަރާތްތައް ހޯދުން

 

 

މިއިދާރާގެ ނަމްބަރު (IUL)407-ESM/407/2025/35 އިޢުލާނުގައިވާ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، އަމިއްލަ ގޯތީގައި ހައުސިންގ ޔުނިޓް އެޅުމަށް ޝައުޤުވެރިވާ ފަރާތްތައް ހޯދުމަށް ހުޅުވާލާފައިވާ ފުރުޞަތުގެ ތެރެއިން، ގއ. ވިލިނގިލީގައި އަމިއްލަ ގޯތީގައި ހައުސިންގ ޔުނިޓް އެޅުމަށް ބޭނުންވާ ފަރާތްތަކުގެ މަޢުލޫމާތު ހުށަހެޅުމުގެ ފުރުސަތުވަނީ 2025 ޖުލައި 31 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް އިތުރުކުރެވިފައެވެ.

ވީމާ، މި މަޝްރޫޢުގެ ދަށުން އަމިއްލަ ގޯތީގައި ހައުސިންގ ޔުނިޓް އެޅުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2025 ޖުލައި 31 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، މި އިޢުލާނާއެކު ހިއްސާކުރެވިފައިވާ ގޫގުލް ފޯމް ފުރިހަމަކުރެއްވުމަށް އެދި ދަންނަވަމެވެ.

ލިންކް:  https://forms.gle/iqj5JfKty2FFrJyY6

 

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.                                                                                              

                        

17 ޖުލައި 2025
ހޯދާ