ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައުޓްޑޯރ ޖިމް އެޅުން (2 ވަނަ އިޢުލާން)

                 (IUL)403-A/403/2025/103:ނަންބަރު                                                                        

 

އިޢުލާން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

                ލ.މާމެންދޫގައި އެޅުމަށް ހަމަޖެހިފައިވާ އައުޓްޑޯ ޖިމް އަމިއްލަ ތަކެތީގައި އަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވެ، އިދާރާއިން ކޮށްފައިވާ ނަންބަރު (IUL)403-A/403/2025/93 (06 ޖުލައި 2025) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލްކޮށް މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް 2 ވަނަ ފަހަރަށް އިޢުލާނު ކުރަމެވެ. މިމަސައްކަތް ކުރާނީ އިދާރާއިން ދެވޭ ނަމޫނާ ކުރެހުމާއި މިންތަކާއި އެއްގޮތްވާ ގޮތުގެމަތިންނެވެ. މަސައްކަތްކުރާ ފަރާތަށް އިދާރާއިން ފޯރުކޮށްދެވޭނީ ހަމައެކަނި ޖިމްގައި ހަރުކުރުމަށް ބޭނުންވާ މެޝިންތަކެވެ. ކުރަންޖެހޭ މަސައްކަތްތައް ތިރީގައި މިވަނީއެވެ.

1- ވަށައިފާރު ރޭނުމުގެ ކުރިން ލީން އެޅުން

2- ވަށައިފާރު "4 އިންޗި އެޅިގަލުން ރާނައި ސިމެންތި ޖެހުން

3- މެޝިންތައް ހަރުކުރުމަށް ކޮންކްރީޓް 10 ބުޑި އެޅުން

ތަފްޞީލް

ދުވަސް

ތަން

ބީލަމުގައި ރަޖިސްޓްރީވުން

23 ޖުލައި 2025 ވާ ބުދަ ދުވަހުގެ 13:00  އާއި ހަމައަށް

ލ.މާމެންދޫ ކައުންސިލް އިދާރާ

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

މި ބީލަމާ ގުޅިގެން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ނޯންނާނެއެވެ.

ބީލަން ހުށަހެޅުން

31 ޖުލައި 2025

(ބުރާސްފަތި)

13:30 ގައި

ލ.މާމެންދޫ ކައުންސިލް އިދާރާ

       

4- މެޝިންތައް ހަރުކުރުން

      

     މި ޕްރޮޖެކްޓާއިބެހޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ 23 ޖުލައި 2025 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭފޯމް ކައުންސިލް އިދާރާއިންނާއި ފޭސްބުކްޕޭޖުން އިޢުލާނާއިއެކު ލިބެން ހުންނާނެއެވެ. ބީލަން ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ބީލަން ރަޖިސްޓްރީވުމަށްދީފައިވާ މުއްދަތުގައި ބީލަމަށް ރަޖިސްޓްރީކޮށް އަދި ބީލަންފޮތް ވިއްކުމަށް ކަނޑައެޅިފައިވާ މުއްދަތުގައި ބީލަންފޮތް ގަންނަ ފަރާތްތަކަށް އެކަނިކަމުގައި ދަންނަވަމެވެ. އޮންލައިންކޮށް ބީލަމުގައި ރަޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ މެއިލް އެޑްރެހަށް ފޯމް މެއިލް ކުރެވިދާނެއެވެ. ބީލަން ފޮތް 20 ޖުލައި 2025 ވާ އާދިއްތަ ދުވަހުން ފެށިގެން 29 ޖުލައި 2025 ވާ

ބުދަ ދުވަހުގެ 12:00 އާއި ހަމައަށް މިއިދާރާއިން ގަންނަން ލިބެން ހުންނާނެއެވެ. ބީލަން ފޮތުގެ އަގަކީ -/100 (ސަތޭކަ) ރުފިޔާ އެވެ.

* ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ / ލ.މާމެންދޫ

* އީމެއިލް: [email protected]

* ފޯން: 6800705

              ވީމާ، މި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް، ބީލަން ހުށަހެޅުމުގެ ދަޢުވަތު އަރުވަމެވެ.

              22 މުޙައްރަމް 1447ހ

17 ޖުލައި 2025
ހޯދާ