މުލަކަތޮޅު ރަތްމަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުލަކަތޮޅު ރަތްމަންދޫން ޓުއަރިޒަމްގެ ބޭނުމަށް ބިންދޫކުރުމުގެ އުޞޫލު

ތަޢާރަފާއި ނަން

  1.  

(ހ)

މިއީ، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ 22 ވަނަ މާއްދާގެ (އ)، (ވ) އަދި (ހކ) ގެ ދަށުން ކައުންސިލަށް ލިބިދޭ މަސްއޫލިއްޔަތުތަކާއި ބާރުގެ ދަށުން، އަދި ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ގަވާއިދު (ޤަވާއިދު ނަންބަރ: 2018/R-69) ގެ 5 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، އެ ގަވާއިދުގެ 6 ވަނަ މާއްދާއިން ކައުންސިލަށް ލިބިދީފައިވާ ބާރުގެ ދަށުން، ރަށުގެ ރައްޔިތުން ނުވަތަ ރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ފަތުރުވެރިކަމުގެ ބޭނުމަށް، ބިން ދޫކުރުމާއި ބިން ވަކިކުރުމާއި ބިންތައް ދޫކުރުމުގައި ޢަމަލުކުރާނެ ގޮތްތައް ބަޔާންކުރާ އުސޫލެވެ.

 

 

 

(ށ)

މި އުސޫލަށް ކިޔާނީ، " މުލަކަތޮޅު ރަތްމަންދޫން ޓުއަރިޒަމްގެ ބޭނުމަށް ބިންދޫކުރުމުގެ އުޞޫލު" އެވެ.

 

 

 

 

 

މަޤްޞަދު

  1. 2

މި އުސޫލުގެ މަޤުސަދަކީ އަންނަނިވި ކަންކަން ޙާސިލުކުރުމެވެ.

 

 

 

(ހ)

ރަށުގެ ކޮމާޝަލް ސަރަހައްދު އަދި ޓޫރިޒަމް ސަރަހައްދުގައި ހުރި ބިންތައް ކައުންސިލުން އެކުލަވާލާފައިވާ ޕްލޭނާއި އެއްގޮތަށް ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެއްސުން؛

 

 

 

 

(ށ)

ޓުއަރިޒަމް ރަށުގައި ކުރިއަރުވައި އެ ސިނާޢަތުން މުޖުތަމަޢަށް ލާބައާއި މަންފާ ހޯދައިދިނުން؛

 

 

 

(ނ)

ރަށުގެ ޤުދުރަތީ މުއްސަނދިކަމާއި، ރަށަށް ލިބިފައިވާ ޚާއްސަ ގުދުރަތީ މާހައުލު އެގޮތުގައި ދެމެހެއްޓުމަށް ބާރު އެޅުމާއެކު ރަށުގައި ލޯކަލް ޓުއަރިޒަމްގެ ދާއިރާ ކުރިއަރުވަން ބާރުއެޅުން؛

 

 

 

 

 

 

 

ޢުޞޫލު ހިންގާ ފަރާތް

  1.  

މި އުސޫލު ތަންފީޒުކޮށް ހިންގާނީ މ.ރަތްމަންދޫ ކައުންސިލްގެ ފަރާތުންނެވެ.

 

 

 

 

 

ބިން ކުއްޔަށް ދޫކުރުމަށް ޢިއުލާނުކުރުމާއި، ބިން ކުއްޔަށް ހިފުމަށް އެދި ހުށަހެޅުން

  1.  

(ހ)

މި އުސޫލުގައި ބަޔާންކޮށްފައިވާ ފަދައިން ބިން ކުއްޔަށް ދޫކުރަންވާނީ، ކައުންސިލުން ބީލަމުގެ އުސޫލުން ބިން ދޫކުރުމަށް އިޢުލާނުކޮށްގެނެވެ.

 

 

 

(ށ)

ބިން ކުއްޔަށްދޫކުރުމަށް ޢިއުލާނު ކުރުމުގެ ކުރީގައި ކުއްޔަށް ދޫކުރުމަށް ނިންމާ އެލޮކޭޝަން ޕްލޭން އަދި ލޭންޑް ސްކޭޕިންގ ޕްލޭން ހިމަނަންވާނެއެވެ.

 

 

 

(ނ)

މި އުސޫލުގެ ދަށުން ދޫކުރާ ބިން ހޯދުމަށް އެދި ހުށަހަޅަންވާނީ، ކައުންސިލުން ބީލަމުގެ އުސޫލުން ބިން ދޫކުރުމަށް އިޢުލާނުކުރުމުން އެ އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

 

ބިން ކުއްޔަށް ހިފުމަށް އެދޭ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ

  1.  

(ހ)

މި އުސޫލުގެ ދަށުން ކައުންސިލުން ކުއްޔަށް ދޫކުރާ ބިންތައް ކުއްޔަށް ހިފުމަށް އެދި ހުށަހަޅާ ފަރާތަކީ އަންނަނިވި ޝަރުޠުތަކުގެ ތެރެއިން ޝަރުތެއް ފުރިހަމަވާ ފަރާތެއް ކަމުގައި ވާންވާނެއެވެ.

 

 

ޝަރުޠުތަކާއި ކުޔަށް ހިފަން އެދޭ ފަރާތްތަކަށް ޕޮއިންޓް ދިނުން

 

 

 

(1)

ދިވެހިރައްޔިތެއް ކަމުގައިވުން ނުވަތަ އެއްވެސް މިންވަރެއްގެ ހިއްސާއެއް ދިވެހިރައްޔިތެއްގެ އަތުގައި އޮންނަ ވިޔާފާރިއަކަށް ވުން.

 

 

 

 

(2)

އެއް ފަރާތަކުން ނުވަތަ އެއްފަރާތެއް ރަމްޒުކޮށްދޭ ނުވަތަ އެއް ވިޔަފާރިއެއްގެ ހިއްސާ ހިމެނޭ ދެފަރާތަކުން ނުވަތަ އެއަށްވުރެ ގިނަ ފަރާތްތަކަކުން އެއް އިޢުލާނެއްގެ ދަށުން އެއް ބީލަމަށްވުރެ އިތުރަށް ބީލަމެއް ހުށަހަޅާފައިނުވުން. ބީލަން ހުށައަޅައިފިނަމަ އެފަދައިން ހުށައަޅާ ހުރިހާ ބީލަންތައް ބާޠިލުކުރެވޭނެއެވެ.

 

 

 

 

(ށ)

މި އުސޫލުގެ ދަށުން ދޫކުރާ ބިންތައް ދޫކުރާނީ، އެކަމަށް އެދި ހުށަހަޅާ ބީލަންތައް އިވެލުއޭޓް ކުރުމަށްފަހު އެންމެ މަތިން މާކުސް ލިބޭ ފަރާތްތަކަށް ބިން ދޫކުރާ އުސޫލުންނެވެ.

 

 

 

 

 

(1)

ބިމުކުލީގެ ގޮތުގައި އަކަފޫޓަކަށް ދެއްކުމަށް ހުށައަޅާ އަގު؛

 

 

 

 

(2)

އިކުއިޒޭޝަން އަގުގެ ގޮތުގައި ހުށަހަޅާ ޢަދަދު؛

 

 

 

 

(3)

(4)

ޚިދުމަތް ދޭން ފެށޭނެކަމަށް ކަނޑައަޅާ މުއްދަތު؛

ރަށުގެ ރައްވެއްސަކަށްވުން ނުވަތަ ވިޔާފާރީގެ މަދުވެގެން %49 ހިއްސާ ރަށުގެ ރައްވެއްސެގެ އަތުގައި އޮތުން؛

 

 

 

 

 

 

(5)

މިނޫނަސް ކައުންސިލުން ކަނޑައަޅާ އިތުރު ކަންކަން؛

 

 

 

 

 

(ނ)

ޝަރުތު ހަމަވާ ފާރާތްތަކަށް މި މާއްދާގެ (ހ)ގައި ބަޔާން ކުރާ އުސޫލުން ޕޮއިންޓް ދިނުމުން އެންމެ މަތިން މާކުސް ލިބޭ ފަރާތަކަށް ބޭނުން ބިމެއް  އިޚްތިޔާރު ކުރެވޭ އުސޫލުން ބިން ތައް ދޫކުރެވޭނެއެވެ. ބިން އިޚްތިޔާރު ކުރުމުގެ ފުރުސަތު މާކުސް ލިބޭ އަދަދަށް ބަލާ އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކުގެ ތަރުތީބަށް އިސްކަންދޭންވާނެއެވެ. ދެފަރާތެއް ނުވަތަ އެއަށްވުރެ ގިނަ ފަރާތްތަކަކަށް ލިބުނު މާކުސް އެއްވަރުވެއްޖެނަމަ އެތަނުން ފުރަތަމަ ބިން އިޚްތިޔާރުކުރާނެ ފަރާތެއް ކަނޑައަޅާނީ މާކުސް އެއްވަރަށް ލިބުނު ފަރާތްތަކުގެ މެދުގައި ނެގޭގުރުއަތަކުންނެވެ.

 

 

 

 

 

(ރ)

މި އުސޫލުގެ ދަށުން ކުއްޔަށް ދޫކުރާ ބިންތައް ދޫކުރާނެ ސަރަޙައްދާއި، ކުއްޔަށް ދޫކުރާނެ ބިމުގެ ބޮޑުމިން ކަނޑައަޅާނީ ރަތްމަންދޫ ކައުންސިލުންނެވެ. ބިޑަށް ހުޅުވާލާއިރު ބިޑުޑޮކިއުމެންޓާއެކު ކުއްޔައްދޫކުރާ ބިންއޮތްތަނާ ބިމުގެ ބޮޑުމިން (ހަތަރުފަރާތުގެ މިން އަދި އަކަމިން) އެނގޭގޮތަށް ބިންއޮންނަ ތަންދައްކުވައިދޭ ރަށުގެ ޗާޓެއް ހިމަނަންވާނެއެވެ.

 

 

ބިންދޫކުރާ ސަރަޙައްދާއި ބިމުގެ ބޮޑުމިން

  1.  

(ހ)

މިއުސޫލުގެ ދަށުން އެންމެ ބޮޑުވެގެން ދޫކުރާނި 5000 އަކަފޫޓުގެ ބިމެވެ.

 

 

 

 

 

 

ބިން ކުއްޔަށް ދޫކުރެވޭނެ މުއްދަތާއި، ބިމުގެ ކުލި ކަނޑައެޅުން

  1.  

(ހ)

ބިން ކުއްޔަށް ދިނުމަށްޓަކައި ހުށައަޅާ ރޭޓް ވާންވާނީ، ޓޫރިޒަމްގެ ބޭނުމަށް ބިން ކުއްޔަށްދިނުމަށް ސަރުކާރުގެ ކަމާގުޅޭ އިދާރާއިން ކަނޑައަޅައި ޢާންމުކޮށްފައިވާ ރޭޓަށްވުރެ ދަށްނޫން ރޭޓަކަށެވެ.

 

 

 

 

(ށ)

މި އުސޫލުގެ ދަށުން ބިން ކުއްޔަށް ދޫކުރެވޭނެ މުއްދަތު ކަނޑައަޅާނި ތިރީގައި މިވާ ގޮތުގެ މަތިންނެވެ.

 

 

 

 

  1. އިންވެސްޓް ކުރަން ހުށަހަޅާ ޢަދަދު 1،000،000 (އެއް މިލިޔަން ރުފިޔާ) އަށް ވުރެ ކުޑަނަމަ އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 10 (ދިހައެއް)އަހަރު،
  2. އިންވެސްޓް ކުރަން ހުށަހަޅާ ޢަދަދު 1،000،000 (އެއް މިލިޔަން ރުފިޔާ) އާއި 5،000،000 (ފަސް މިލިއަން ރުފިޔާއާ ދެމެދުގެ ޢަދަދެއް ނަމަ އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 20 (ވިހި)އަހަރު،
    1. އިންވެސްޓް ކުރަން ހުށަހަޅާ ޢަދަދު 5،000،000 (ފަސް މިލިޔަން ރުފިޔާ) އާއި 10،000،000 (ދިހަ މިލިއަން ރުފިޔާއާ ދެމެދުގެ ޢަދަދެއް ނަމަ އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 30 (ތިރީސް)އަހަރު،
    2. އިންވެސްޓް ކުރަން ހުށަހަޅާ ޢަދަދު 10،000،000 (ދިހަ މިލިޔަން ރުފިޔާ) އަށް ވުރެ ބޮޑު ޢަދައެއްނަމަ ނަމަ އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 50 (ފަންސާސް)އަހަރު،

 

 

 

(ނ)

ކުއްޔަށްދެވޭ ބިން ތަރައްޤީކޮށް ޚިދުމަތް ދިނުމަށް ފެއްޓުމަށްޓަކައި ގްރޭސް ޕީރިއެޑްގެ ގޮތުގައި ދެވޭނެ މުއްދަތު ތިރީގައި މިވަނީއެވެ. މިމުއްދަތުގެ ތެރޭގައި މަހުންމަހަށް ދައްކަން ކަނޑައާޅާފައިވާ ކުއްޔެއް ނުނެގޭނެއެވެ.

 

 

 

 

  1. އިންވެސްޓް ކުރަން ހުށަހަޅާ ޢަދަދު 1،000،000 (އެއް މިލިޔަން ރުފިޔާ) އަށް ވުރެ ކުޑަނަމަ އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 6 (ހައެއް)މަސް،
  2. އިންވެސްޓް ކުރަން ހުށަހަޅާ ޢަދަދު 1،000،000 (އެއް މިލިޔަން ރުފިޔާ) އާއި 5،000،000 (ފަސް މިލިއަން ރުފިޔާއާ ދެމެދުގެ ޢަދަދެއް ނަމަ އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 12 (ބާރަ)މަސް،
  3. އިންވެސްޓް ކުރަން ހުށަހަޅާ ޢަދަދު 5،000،000 (ފަސް މިލިޔަން ރުފިޔާ) އާއި 10،000،000 (ދިހަ މިލިއަން ރުފިޔާއާ ދެމެދުގެ ޢަދަދެއް ނަމަ އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 18 (އަށާރަ)މަސް،
  4. އިންވެސްޓް ކުރަން ހުށަހަޅާ ޢަދަދު 10،000،000 (ދިހަ މިލިޔަން ރުފިޔާ) އަށް ވުރެ ބޮޑު ޢަދައެއްނަމަ ނަމަ އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 24 (ސައުވީސް)މަސް،

 

 

 

(ރ)

މި އުސޫލުގެ ދަށުން ކުއްޔަށް ދޫކުރާ ބިން ތަރައްޤީކޮށް ބޭނުންކުރަންވާނީ، އަދި ބިން ތަރައްޤީކުރުމާއި ބޭނުންކުރުމާ ގުޅޭ އެންމެހައި ކަންކަން ކުރަންވާނީ ތިމާވެއްޓަށް ގެއްލުން ނުލިބޭނެހެން އަޅަންޖެހޭ ފިޔަވަޅު އަޅައިގެންނެވެ. އަދި މިއުސޫލުގެ ދަށުން ދޫކުރާ އެއްވެސް ބިމެއް ދޫކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނަގަންޖެހޭ އިތުރު ހުއްދައެއް ނަގަންޖެހޭނަމަ ބިން ދޫކުރުމުގެ ކުރިން އެހުއްދަ ހޯދަންވާނެއެވެ.

 

ތިމާވެށި ރައްކާތެރިކުރުމުގެ ފިޔަވަޅު އެޅުން

  1.  

(ހ)

 

 

(ށ)

ބިން ތަރައްޤީކުރުމަށްޓަކައި ކުރަންޖެހޭ ކަމަކީ، ޤާނޫނާއި ގަވާއިދުގައިވާ ގޮތުގެމަތީން، "އެންވަޔަރަމަންޓަލް އެސެސްމަންޓް ރިޕޯޓް" ހަދަންޖެހޭފަދަ ކަމެއްނަމަ، އެފަދަ ކަމެއް ކުރަންވާނީ، އެ ރިޕޯޓް ހެދުމަށްފަހު ހުއްދަލިބިގެން އެ ރިޕޯޓާއި އެއްގޮތްވާ ގޮތުގެމަތީންނެވެ.

މި މާއްދާގެ (ހ)ގައިބަޔާންކުރާ ފަދަ ރިޕޯޓެއް ހަދަން ޖެހިއްޖެ ހާލަތެއްގައި އެރިޕޯޓް ޒިންމާ ނަގައި އެރިޕޯޓް ހަދަން ކުރަންޖެހޭ އެންމެހައިޚަރަދެއް ކުރަންވާނީ ބިންކުއްޔަށް ހިފާ ފަރާތުންނެވެ.

 

 

 

 

(ނ)

ތިމާވެށި ހިމާޔަތްކުރުމާ ގުޅޭގޮތުން ކައުންސިލުން އާންމުކުރާ އުސޫލުތަކާއި ޤަވާއިދު ތަކަށް ފުރިހަމައަށް އިޙްތިރާމްކޮށް އެކަންކަމާ އެއްގޮތަށް ބިން ކުއްޔަށްހިފާ ފަރާތުން ޢަމަލުކުރަން ވާނެއެވެ.

 

 

 

 

 

ބިން ކުއްޔަށްދިނުމުގެ އެއްބަސްވުން

  1.  

މި އުސޫލުގެ ދަށުން ކުއްޔަށް ދޫކުރާ ބިންތައް ކުއްޔަށް ދޫކުރަންވާނީ، ބިން ލިބޭ ފަރާތާއި ކައުންސިލާއެކު ބިން ބޭނުންކުރުމާ ގުޅޭގޮތުން އަންނަނިވި ކަންކަން ހިމެނޭ ގޮތުން ލިޔުމުން އެކުލަވާލާ އެއްބަސްވުމެއްގައި ސޮއިކުރުމަށް ފަހުގައެވެ.

 

(1)

 

 

 

 

(1)

ކުއްޔަށް ދޫކުރެވޭ މުއްދަތު؛

 

 

 

 

(2)

އިކުއިޒޭޝަން އަގުގެ ގޮތުގައި ދައްކަންޖެހޭ އަދަދު؛

 

 

 

 

(3)

ބިމުގެ ކުލީގެ މިންވަރު (ކޮންމެމަހަކު ދައްކާ)؛

 

 

 

 

(4)

ކުލި ދައްކަންޖެހޭ ގޮތާއި ޖޫރިމަނާ؛

 

 

 

 

(5)

ބިމުގައި ޢިމާރާތްކުރުން؛

 

 

 

 

(6)

ބިން ބޭނުންކުރުމުގެ ހަމަތައް؛

 

 

 

 

(7)

އެއްބަސްވުމަށް ބަދަލު ގެނައުމުގައި އަމަލުކުރާނެ ގޮތްތައް؛

 

 

 

 

(8)

ދެބަސްވުންތައް ހައްލުކުރާނެ ގޮތްތައް؛

 

 

 

 

(9)

ބިން ވަކިކުރެވޭނެ ޙާލަތްތައް؛

 

 

 

 

(10)

ކޮންމެ 5 (ފަހެއް) އަހަރަކުން ރަށުގެ ބިމުގެ އަގަށް އަންނަ ބަދަލާ ގުޅިގެން ބިމު ކުއްޔަށް އަންނާނެ ބަދަލު އަދި އެއާމެދު ޢަމަލުކުރާނެ ގޮތްތައް.

 

 

 

 

(11)

ބިންތައް ލިބޭ ފަރާތްތަކުން، ބިން ލިބުމާއެކު ބިން ތަރައްޤީ ކުރުމާއި ޢިމާރާތް ކުރުމުގެ މަސައްކަތް ފަށަންވާނެއެވެ. އަދި މިއުސޫލުގެ 8 ވަނަ މާއްދާގެ (ނ) ގައިވާގޮތަށް ބިން ދޫކުރާ ތާރީޚުން ފެށިގެން މީލާދީ 6 (ހައެއް) މަސް ދުވަހާއި 24 (ސައުވީސް) މަސްދުވަހާދެމެދުގެ މުއްދަތެއް އެ ކަންކަން ކުރުމަށް ދޭންވާނެއެވެ.

 

ބިމުގައި ޢިމާރާތްކުރުމާއި، ބިން ތަރައްޤީ ކުރުން

  1.  

(ހ)

ބިމުގައި ޢިމާރާތްކުރުމާއި ބިން ތަރައްޤީކުރަންވާނީ، ރަށުގެ ތާރީޚާއި ސަޤާފަތާއި ރަށުވަންތަކަން ތަމްސީލުވާފަދަ ގޮތަކަށެވެ.

 

 

 

(ށ)

މި އުސޫލުގެ ދަށުން ދޫކުރެވޭ ބިމެއްގައި ކުރާ ޢިމާރާތްތައް 80 ފޫޓަށް ވުރެ އުސްވެގެން ނުވާނެއެވެ.

 

 

 

(ނ)

ބިމުގައި ޢިމާރާތްކުރުމުގެ މަސައްކަތް ކުރަންފަށަންވާނީ، ޢިމާރާތްކުރުމުގެ ހުއްދަ ހޯދުމަށް އެދި ކައުންސިލަށް ހުށަހަޅައި ލިޔުމުން އެ ހުއްދަ ލިބުމުންނެވެ. މިގޮތުން ހުއްދައަށް އެދި ހުށަހަޅާއިރު، ޢިމާރާތުގެ އާރކިޓެކްޗަރަލް ޑްރޯވިންގ ތަކާއި، ސާރވިސް ޑްރޯވިންގްތަކާއި ބީ.އޯ.ކިއު ހުށަހަޅަންވާނެއެވެ.

 

 

 

 

(ރ)

ޢިމާރާތްކުރުމުގެ އެންމެހައި މަސައްކަތް ކުރަންވާނީ، ޢިމާރާތްކުރުމުގެ ޤާނޫނާއި ޤަވާއިދު އަދި ބިލްޑިންގ ކޯޑާއި އެއްގޮތްވާ ގޮތުގެ މަތީންނެވެ.

 

 

 

 

(ބ)

މިއުސޫލުގެ ދަށުން ދޫކުރާ ބިންތަކުގައި ކުރާ އެންމެހާ ޢިމާރާތްތައް ކުރަންވާނީ ދިވެހިރާއްޖޭހެ ޓޫރިޒަމާ ބެހޭ ޤާނޫނު (1999/02) އާއި އެޤާނޫނުގެ ދަށުން ހަދާފައިވާ ޤަވާއިދުތަކާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

 

 

 

 

(ޅ)

ބިން ދޫކޮށްފައިވާ ފަރާތަކުން މި އުސޫލާއި ޚިލާފަށް ބިން ބޭނުންކޮށްފިނަމަ، ނުވަތަ މި އުސޫލުގެ ދަށުން ދޫކޮށްފައިވާ ބިމަކާ ގުޅޭގޮތުން އިސްލާޙުކުރަން އަންގާފައިވާކަމެއް އިސްލާޙު ނުކޮށްފިނަމަ ނުވަތަ ބިން ކުއްޔަށްދިނުމުގެ އެއްބަސްވުމާއި ޚިލާފުވެއްޖެނަމަ، އެކަމެއް އިސްލާހުކުރުމަށް ލިއުމުންއަންގައި ދިފައިވާ މުއްދަތުގައި އެކަން އިސްލާހު ނުކޮށްފިނަމަ އެ ބިމެއް ވަކިކުރުމުގެ ބާރާއި އިޚުތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

 

 

ބިން ވަކިކުރުން

  1.  

(ހ)

ބިން ތަރައްޤީކުރުމަށް ދެވޭ ގްރޭސްޕީރިއެޑްގެ މުއްދަތު ހަމަވާއިރު، ބިމުގައި ޢިމާރާތް ކުރުމާއި ބިން ތަރައްޤީ ކުރުމުގެ މަސައްކަތް ނުފަށާނަމަ، ބިން ވަކިކުރުމުގެ ބާރު ކައުންސިލަށް ލިބިގެންވެއެވެ. 

 

 

 

 

(ށ)

މި އުސޫލުގެ ދަށުން ކުއްޔަށްދެވޭ ބިންތައް ތަރައްޤީކުރުމުގެ މަސައްކަތް އަދި ބިން ބޭނުންކުރުމާއި، ޚިދުމަތް ދިނުމުގައި ޢަމަލުކުރަމުންދާ ގޮތްތައް ބަލައި މޮނިޓަރ ކުރުމަށްޓަކައި ކައުންސިލުން މޮނިޓަރިންގ ކޮމެޓީއެއް އެކުލަވާލަންވާނެއެވެ.

 

 

މޮނިޓަރިންގ ކޮމެޓީ

  1.  

(ހ)

މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން އެކުލަވާލާ ކޮމެޓީން، ބިންތައް ތަރައްޤީކުރުމުގެ މަސައްކަތް އަދި ބިން ބޭނުންކުރުމާއި، ޚިދުމަތް ދިނުމުގައި ޢަމަލުކުރަމުންދާ ގޮތްތައް ބަލައި ކޮންމެ 6 (ހައެއް) މަހަކުން އެއްފަހަރު ޕްރޮގްރެސް ރިޕޯޓެއް ކައުންސިލަށް ހުށަހަޅަންވާނެއެވެ. މިގޮތުން ހުށަހަޅާ ރިޕޯޓުގައި އަންނަނިވި ކަންކަން ފާހަގަކޮށްފައި އޮންނަންވާނެއެވެ.

 

 

 

 

 

 

 

 

 

 

(1)

އެކަށީގެންވާ މިންވަރަށް ބިންތައް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށް ދާކަން ނުވަތަ ނޫންކަން ބަލާ ފާހަގަވާ ކަންކަން.

 

 

 

 

(2)

ބިން ބޭނުންކުރުމުގައި މި އުސޫލު އަދި ބިން ކުއްޔަށްދިނުމުގެ އެއްބަސްވުމާއި ޚިލާފަށް ކަމެއް ކޮށްފައިވާނަމަ އެކަމެއް.

 

 

 

 

(3)

ޚިދުމަތް ދިނުމުގައި މި އުސޫލު އަދި ބިން ކުއްޔަށްދިނުމުގެ އެއްބަސްވުމާއި ޚިލާފަށް ކަމެއް ކޮށްފައިވާނަމަ އެކަމެއް.

 

 

 

 

(4)

އިސްލާޙުކުރަންޖެހޭ ކަމެއް ފާހަގަވާނަމަ އެކަމެއް.

 

 

 

 

(5)

ފިޔަވަޅެއް އަޅަން ފެންނަނަމަ އެ ފިޔަވަޅަކާއި، ފިޔަވަޅު އަޅަންޖެހޭ ސަބަބު.

 

 

 

 

 

އަމަލުކުރަން ފެށުން

  1.  

މި އުސޫލަށް ޢަމަލުކުރަންފަށާނީ މި އުސޫލު ކައުންސިލުން ފާސްކޮށް ޢާންމުކުރާ ތާރީޚުން ފެށިގެންނެވެ.

 

                       

_____________________________

01 ޖުލައި 2025

 

17 ޖުލައި 2025
ހޯދާ