ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މި ކުންފުނީގެ މުއައްޒިފުންނަށް ބޭނުންވާ ޓީ-ޝާޓް އަދި ބޮއިލަރު ސުއިޓް ގަތުމާއި ގުޅޭ:

އިއުލާން ނަންބަރު: FNK-I/IUL/2025/042  

އިޢުލާން

މި ކުންފުނީގެ މުއައްޒިފުންނަށް ބޭނުންވާ ޓީ-ޝާޓް އަދި ބޮއިލަރު ސުއިޓް ގަތުމާއި ގުޅޭ:

      މިކުންފުނިން ދޭ މަޢުލޫމާތާއި އެއްގޮތަށް މިކުންފުންޏަށް ޓީ-ޝާޓް އަދި ބޮއިލަރު ސުއިޓް ގަތުމަށް ކުރެވުނު ނަންބަރ: FNK-I/IUL/2025/037 އިއުލާނަށް ފުރިހަމަ ތަރުހީބު ލިބިފައިނުވާތީ، މި މަސައްކަތަށް އަގު ހުށަހެޅުއްވުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

 

ތާރީޚް

ވަގުތު

ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން

17 އިން 22 ޖުލައި 2025

08:00 އިން 15:00

މަޢުލޫމާތު ސާފުކުރެވޭ އެންމެފަހު ތާރީޚް (އީމެއިލްގެ ޒަރިއްޔާއިން)

21 ޖުލައި 2025

15:00 މެންދުރު

އަންދާސީ ހިސާބު ހުށަހެޅުން

23 ޖުލައި 2025

10:00 ހެނދުނު

      ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަތީގައި ބަޔާންކުރެވިފައިވާ ތާވަލާއިއެއްގޮތަށް ރަޖިސްޓްރީ ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރެއްވުމަށް ތިރީގައިވާ ހުރިހާ މައުލޫމާތެއް ފުރިހަމަ ކުރެއްވުމަށްފަހުއީ-މެއިލް ކުރައްވާނީ [email protected] އަށެވެ.

- އިޢުލާން ނަންބަރ

- ކުންފުނީގެ ނަން

- ނަމާއި ފޯނު ނަންބަރ

މަތީގައިވާ މައުލޫމާތު ފުރިހަމަކުރެއްވުމަށްފަހު ފޮނުވާ އީމެއިލް ތަކަށް "ރެޖިސްޓްރޭޝަން ކޮންފޮމޭޝަން" އެއްގެ ގޮތުން މި ކުންފުނިން އީމެއިލް ކުރާނެ ވާހަކަދެއްނެވީމެވެ. އަދި ބިޑްގައި ރަޖިސްޓްރީ ވާ ފަރާތަށް މައުލޫމާތު ކަރުދާސް އީމެއިލް ކުރެވޭނެއެވެ.

ނޯޓް: ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް އަދި މި އިޢުލާނާ ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް އީމެއިލް ކުރައްވާނީ [email protected] އަށެވެ.

13 ޖުލައި 2025
ހޯދާ