ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ.ފިނޭއިން ދަނޑުވެރިކަން ކުރުމަށް ބިން ކުއްޔަށް ދޫކުރުން

ހދ.ފިނޭގައި ދިގުމުއްދަތައް ދަނޑުވެރިކަން ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް ދަނޑުބިން ކުއްޔަށް ހިފުމުގެ ފުރުސަތު ހުޅުވާލަމެވެ. މިގޮތުން ދޫކުރުމަށް ހަމަޖެހިފައިވަނީ މިރަށު އާމަގުންނާއި ޒިޔާރަތްމަގުން 100،000.00(އެއްލައްކަ) އަކަފޫޓުގެ 02 ބިމެވެ.

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެ ބީލަން ފޯމް ހުށަހެޅުއްވުން އެދެމެވެ.

ބީލަން ފޯމު ހުށަހަޅަންޖެހޭ ތަން

ދުވަސް

ތާރީޙް

ގަޑި

ފިނޭ ކައުންސިލް އިދާރާ

ބުރާސްފަތި

31 ޖުލައި 2025

11:00

      މިމަސައްކަތަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންނަށެވެ. ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވޭނީ އެއް ބީލަންފޯމެވެ.

މި ކަމާ ގުޅޭ މަޢުލޫމާތު ޝީޓާއި ބީލަން ހުށަހަޅާ ފޯމް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. ވީމާ، މިކައުންސިލްގެ އިދާރާއަށް ވަޑައިގެން ބީލަން ފޯމް ހުށަހެޅުއްވުން އެދެމެވެ.

17 ޖުލައި 2025
ހޯދާ