ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
އިމާރާތް މަރާމާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ

މިއަތޮޅު ކޮނޑޭ މެޖިސްޓްރޭޓް ކޯޓު ހިންގަމުންދިޔަ ޢިމާރާތް މަރާމާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު މިކޯޓުގެ ނަންބަރު 2015/31/IUL)P2C)ފ(13 އޯގަސްޓު 2015) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކޮށްފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 6 އޮކްޓޫބަރު 2015 ވާ އަންގާރަ ދުވަހުގެ 14:30 އަށް ގއ.ވިލިނގިލީ މެޖިސްޓްރޭޓު ކޯޓަށް ނުވަތަ ގއ.ކޮނޑޭ މެޖިސްޓްރޭޓް ކޯޓަށް، ނުވަތަ ގއ.ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓަށް، ނުވަތަ ގއ.ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 13 އޮކްޓޫބަރު 2015 ވާ އަންގާރަ ދުވަހުގެ 14:30 އަށް ގއ.ވިލިނގިލީ މެޖިސްޓްރޭޓު ކޯޓަށް ނުވަތަ ގއ.ކޮނޑޭ މެޖިސްޓްރޭޓް ކޯޓަށް، ނުވަތަ ގއ.ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓަށް، ނުވަތަ ގއ.ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވަންވާނީ މަޢުލޫމާތު ސާފުކުރެއްވި ކޯޓަކަށެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބަލައިނުގަނަވޭނެ ވާހަކަ ދެންނެވީމެވެ.

4 ޛުލްޙިއްޖާ 1436

17 ސެޕްޓެންބަރު 2015
ހޯދާ