ބ. ގޮއިދޫ ސްކޫލް، ބ. ގޮއިދޫ
ދިވެހިރާއްޖެ
2026 ވަނަ އަހަރަށް ސްކޫލަށް ކުދިން ވެއްދުމަށް

ގޮއިދޫ ސްކޫލް

  ބ.ގޮއިދޫ

ނަންބަރު: IUL/GS139/2025/09

 

2026 ވަނަ ދިރާސީ އަހަރު މި ސްކޫލަށް އަލަށް ވަންނަން އެދޭ ދަރިވަރުންނަށް، 17 ޖުލައި 2025 ދުވަހުން ފެށިގެން އެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

އެލް.ކޭ.ޖީ، ޔޫ.ކޭ.ޖީ އަދި ގްރޭޑް 1 އަށް ދަރިވަރުން ވެއްދުމަށް ހަމަޖެހިފައިވާ އުމުރުފުރާ ތިރީގައި އެވަނީއެވެ.

 

2026 ވަނަ އަހަރު ސްކޫލަށް ކުދިން ވައްދާ އުމުރު ފުރާތައް

ގްރޭޑް

2025 ޑިސެމްބަރ 31 ށް 4 އަހަރު ފުރި 5 އަހަރު ނުފުރުން

އެލް.ކޭ.ޖީ

2025 ޑިސެމްބަރ 31 ށް 5 އަހަރު ފުރި 6 އަހަރު ނުފުރުން އަދި، 2025 ދިރާސީ އަހަރު އެލް.ކޭ.ޖީ ފުރިހަމަކޮށްފައިވާ ހުރިހާ ދަރިވަރުން 2026 ގެ ދިރާސީ އަހަރު ( 27 ޖަނަވަރީ 2026 ގައި ފެށޭ) ޔޫ.ކޭ.ޖީ އަށް ބަދަލު ކުރެވޭނެއެވެ.

ޔޫ.ކޭ.ޖީ

2025 ޑިސެމްބަރ 31 ށް 6 އަހަރު ފުރި 7 އަހަރު ނުފުރުން އަދި، 2025 ދިރާސީ އަހަރު ޔޫ.ކޭ.ޖީ ފުރިހަމަކޮށްފައިވާ ހުރިހާ ދަރިވަރުން 2026 ގެ ދިރާސީ އަހަރު ( 27 ޖަނަވަރީ 2026 ގައި ފެށޭ) ގްރޭޑް 1 އަށް ބަދަލު ކުރެވޭނެއެވެ

ގްރޭޑް 1

 

 

 

 

 

 

 

 

ވީމާ، އެލްކޭޖީއަށް ދަރިވަރުން ވައްދަން އެދިލައްވާ ފަރާތްތަކުން 31 އޮގަސްޓް 2025 ވަނަ ދުވަހުގެ   12:00ގެ ކުރިން މިކަމަށް އެދޭ ފޯމް ފުރުމަށްފަހު ސްކޫލް އޮފީހަށް ހުށަހެޅުން އެދެމެވެ. ފޯމް ދޫކުރުމާއި ބަލައިގަތުން އޮންނާނީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00އިން  12:00އަށް ސްކޫލް އޮފީހުގައެވެ.

 ދަރިވަރުން ސްކޫލަށް ވައްދަން އެދޭ ފޯމާއެކު ތިރީގައި މިވާ ލިޔުންތައް ހުށައަޅަން ވާނެއެވެ.

  1. ދަރިވަރުގެ އައިޑީ ކާޑުގެ ދެފުށުގެ ސާފު ކޮޕީ
  2. ބެލެނިވެރިޔާގެ އައިޑީ ކާޑުގެ ދެފުށުގެ ސާފު ކޮޕީ
  3. ދަރިވަރުގެ ވެކްސިން ކާޑުގެ ކޮޕީ (ވެކްސިން ދެވިފައިވާ ތާރީޚް ހިމެނޭ ޞަފްޙާތައް ހިމެނޭގޮތަށް)

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ ރަސްމީ ގަޑީގައި މި ސްކޫލްގެ ނަންބަރު 6600014 އަށް ގުޅުއްވުން އެދެމެވެ.

 

17 ޖުލައި 2025
ހޯދާ