މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ
ދިވެހިރާއްޖެ
ހޯލެއް ކުއްޔަށް ހިފުމަށް

އިޢުލާނު

މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ އާއި އަތޮޅުތެރޭގައި ހުންނަ ފެމެލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރުތަކުގައި މަސައްކަތްކުރާ ސޯޝަލް ވޯކަރުންނަށް އަމާޒުކޮށްގެން ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކުގައި އަނިޔާ ލިބޭ ކުދިންނާއެކު މަސައްކަތް ކުރުމުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި ތަމްރީނު ޕުރޮގުރާމެއް ބޭއްވުމަށް ހޯލެއް ހިފުމަށް ކުރެވުނު މި މިނިސްޓްރީގެ ނަންބަރު: IUL)459-A/1/2015/85) ގެ އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ނުލިބުމުގެ ސަބަބުން މި އިޢުލާނު ބާޠިލުކޮށް އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނު ކުރަމެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 30 ސެޕްޓެންބަރު 2015 ވާ ބުދަ ދުވަހު 11:00 އަށް މި މިނިސްޓްރީއަށް (ގ. ބިއްލޫރިޖެހިގެ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 6 އޮކްޓޫބަރު 2015 ވާ އަންގާރަ ދުވަހު 11:00 އަށް މި މިނިސްޓްރީއަށް (ގ. ބިއްލޫރިޖެހިގެ) ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

3 ޛުލްޙިއްޖާ 1436

17 ސެޕްޓެންބަރު 2015
ހޯދާ