ދިވެހިރާއްޖެ
ނަންބަރު: (IUL)303-CA/303/2025/50
އިޢުލާން
2025 ޖުލައި 26 ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ އާއްމު ބައްދަލުވުމުގެ ދަޢުވަތު
2025 ވަނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހު ކައުންސިލުން ހިންގި ހަރަކާތްތަކާއި ކުރިއަށް ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކާއި، 2026 ވަނަ އަހަރު ހިންގުމަށް މިކައުންސިލުން ތާވަލް ކޮށްފައިވާ ހަރަކާތްތަކާއި އެ ހަރަކާތްތަކަށް ލަފާކުރާ ބަޖެޓް ހިމެނޭ ކައުންސިލްގެ 2026 ވަނަ އަހަރުގެ މަސައްކަތު ތާވަލާއި ގުޅޭ މަޢުލޫމާތު ރައްޔިތުންނާ ޙިއްސާކުރުމަށް ބާއްވާ އާއްމު ބައްދަލުވުން 2025 ޖުލައި 24 ވާ ބުރާސްފަތި ދުވަހުގެ ރޭ 20:30 ގައި އުނގޫފާރު ސުކޫލް ހޯލްގައި އޮންނާނެވެ.
މިބައްދަލުވުމުގައި ތިރީގައި މިދަންނަވާ މަޢުލޫމާތު ދިނުން ކުރިއަށް ދާނެއެވެ.
- 2025 ވަނަ އަހަރުގެ އުނގޫފާރު ކައުންސިލްގެ ފުރަތަމަ 6 މަސް ދުވަހުގެ ރިޕޯޓް
- އުނގޫފާރު ކައުންސިލްގެ 2025 ވަނަ އަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓް ހުށަހެޅުން
ވީމާ، މިބައްދަލުވުމުގައި ބައިވެރިވެވަޑައިގަތްދެއްވުމަށް 2025 ޖުލައި 24 ވާ ބުރާސްފަތި ދުވަހުގެ ރޭ 20:30 އަށް އުނގޫފާރު ސުކޫލް ހޯލަށް ވަޑައިގަތް ދެއްވުން އެދި އުނގޫފާރުގެ އެންމެހާ ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.