ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
2015 ވަނަ އަހަރުގެ އެސް އެސް ސީ އިމްތިޙާނުގެ އެގްޒަމިނަރުން ހޯދުން
2015 ވަނަ އަހަރުގެ އެސް އެސް ސީ އިމްތިޙާނުގެ އެގްޒަމިނަރުން ހޯދުން
2015 ވަނަ އަހަރުގެ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގެ ޖަވާބުކަރުދާސް މާކުކުރުމުގެ މަސައްކަތް ބަލަހައްޓަވައި ދެއްވާނެ އެގްޒޭމިނަރުން މިޑިޕާޓްމަންޓަށް ބޭނުންވެއެވެ. މިމަސައްކަތަށް އެދިވަޑައިގެން ހުށަހަޅުއްވާ ފޯމު 2015 ސެޕްޓެންބަރު 28 ވަނަ ދުވަހުން ފެށިގެން މިޑިޕާޓްމަންޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. ވީމާ، ސާނަވީ އަދި މަތީސާނަވީއަށް ކިޔަވައިދެއްވާ، މިކަމުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅުން ފޯމު ނަންގަވާ ފުރިހަމަ ކުރެއްވުމަށްފަހު 2015 އޮކްޓޫބަރު 20 ގެ 14:30 ގެ ކުރިން މިޑިޕާޓްމަންޓަށް ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު މިޑިޕާޓްމަންޓްގެ ވެބްސައިޓް www.dpe.edu.mv އިންވެސް ލިބެންހުންނާނެއެވެ.
29 ޛުލްޤަޢިދާ 1436
13 ސެޕްޓެންބަރު 2015
ހޯދާ