ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ކުޅުދުއްފުށި ބަށި މުބާރާތް – ހދ އަތޮޅު ލީގް 2025"

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ، ހދ އަތޮޅަށް ހުޅުވާލައިގެން ކުރިޔަށްގެންދާ ބަށި މުބާރާތް "ކުޅުދުއްފުށި ބަށި މުބާރާތް – ހދ އަތޮޅު ލީގް 2025" ކުޅުދުއްފުށި ސިޓީގައި މިއަހަރުގެ ސެޕްޓެމްބަރ 4 ން 6 އަށް ބޭއްވުމަށް ވަނީ ހަމަޖައްސާފައެވެ.

ވީމާ، މި މުބާރާތުގައ ބައިވެރިވެލެއްވުމަށް އެދިލައްވާ ފަރާތްތަކުން، ބައިވެރިވުމަށް އެދޭ ފޯމް ފުރުއްވުމަށްފަހު 31 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ހުށައެޅުއްވުން އެދެމެވެ. މި މުބާރާތުގައި ބައިވެރިވާން އެދޭ ފޯމް، ލިންކު https://forms.gle/yHnjqVLS49jiFC4a8 މެދުވެރިކޮށް ބަލައިގަނެވޭނެ ވާހަކަ ދަންނަވަމެވެ.

އަދި މުބާރާތުގައި ޓީމް ލިސްޓް ފޮނުއްވާނީ 14 އޮގަސްޓް 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިއިދާރާގެ އީމެއިލް [email protected]  އަށް ފޮނުއްވުން އެދެމެވެ.

މުބާރާތުގެ ޤަވާއިދު މި ލިންކުން https://shorturl.at/PeJgp  ބައްލަވާލެވޭނެއެވެ. މުބާރާތާބެހޭ އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި ގުޅުއްވާނީ 6527209 އަށެވެ.

17 ޖުލައި 2025
ހޯދާ