ދިވެހިރާއްޖެ
މި ކައުންސިލަށް ބޭނުންވާ ބައެއް ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 21 ޖުލައި 2025 ވާ ހޯމަ ދުވަހުގެ 11:00 ގައި އަންދާސީހިސާބު ހުށަހެޅުމަށް ދަޢުވަތު އަރުވަމެވެ.
އަންދާސީހިސާބު ހުށަހެޅޭނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤަނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
އަންދާސީހިސާބު ހުށަހަޅަން ހާޒިރުވާއިރު ވިޔަފާރި ރެޖިސްޓްރީގެ ކޮޕީއަކާއި ވެރިފަރާތުގެ އައިޑީކާޑު ކޮޕީއެއް ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ޝީޓި އިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ
އަމީނީމަގު، ހދ. ނޮޅިވަރަން، ދިވެހިރާއްޖެ
ފޯން: 6520043
އީ-މެއިލް: [email protected]