ދިވެހިރާއްޖެ
މިރަށު ކައްޕީނިމަގު ހުޅަނގުން ނާރެސްމަގުގެ އުތުރުން ފުއްޓަރުހިނގުމުގެ ދެކުނަށް އޮތް ބިން، ގެދޮރު އިމާރާތްކުރުމާއި ގުޅޭ އިންޑަސްޓްރިއަލް މަސައްކަތްތައް ކުރުމަށް އެސަރަހައްދުން، 4000 އަކަފީޓްގެ ކުލީ 4 ބިން 20 އަހަރު ދުވަހަށް ކުއްޔަށް ދޫކުރުމަށް ކައުންސިލުން ނިންމާފައިވާތީ، އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، ގެދޮރު އިމާރާތްކުރުމާއި ގުޅޭ އިންޑަސްޓްރިއަލް މަސައްކަތްތައް ކުރުމަށް ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި އިޢުލާނުގައި ދީފައިވާ މައުލޫމާތާ އެއްގޮތަށް ޕްރޮޕޯސަލް ހުށަހެޅުމަށް ދެންނެވީމެވެ. އީމެއިލްގެ ޒަރިއްޔާއިން ހުށަހަޅާ ޕްރޮޕޯސަލް ބަލައި ނުގަންނާނެ ވާހަކަ ދަންނަވަމެވެ. ޕްރޮޕޯސަލް ހުށައަޅާނީ މިއިޢުލާނާއެކު ދެވިފައިވާ މަޢުލޫމާތާއި އެއްގޮތަށެވެ. މައުލޫމާތު މިއިޢުލާނާއެކު ގެޒެޓުކުރެވިފައިވާނެއެވެ.
ޕްރޮޕޯސަލް ހުށަހެޅުމާއި ހުޅުވުން އޮންނާނީ |
ޕްރޮޕޯސަލް ހުށަހަޅަންޖެހޭ ތަން |
ދުވަސް |
ތާރީޙް |
ގަޑި |
އިހަވަންދޫ ކައުންސިލްގެ އިދާރާ |
ހޯމަ |
04 އޮގަސްޓު 2025 |
13:00 |
ޕްރޮޕޯސަލް ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ އެތަނެއްގެ ރަސްމީ ސިޓީއެއް ގެންނަންވާނެއެވެ. ޕްރޮޕޯސަލް ހުށަހަޅުއްވަންވާނީ، ސިޓީއުރައިގައި ބަންދުކޮށް ނުވަތަ ބައިންޑުކޮށް ނުވަތަ އެއްހީރާސްކޮށް، "ގެދޮރު އިމާރާތްކުރުމާއި ގުޅޭ އިންޑަސްޓްރިއަލް މަސައްކަތްތައް ކުރުމަށް ބިން ކުއްޔަށްހިފުމަށް" އެދި ހުށަހަޅާ ޕްރޮޕޯސަލްކަން އެނގޭ ގޮތަށް ސިޓީއުރައިގެ ބޭރުގައި ލިޔުއްވާފައެވެ.
މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.