ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޅުދުއްފުށި ޗެމްޕިއަންޝިޕް 2025 ކުރިއަށްދާ ވަގުތު ކެންޓީން ހިންގުމުގެ ފުރުޞަތު

             އެހެން އަހަރުތަކެކޭވެސް އެއްފަދައިން "ކުޅުދުއްފުށި ޗެންޕިއަންޝިޕް 2025"ގެ ނަމުގައި ބާއްވާ ފުޓްބޯޅަ މުބާރާތް 09 ން 29 އޯގަސްޓް 2025 ށް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މިމުބާރާތް ކުރިއަށްދާ ވަގުތުގައި ކެންޓީންގެ ޚިދުމަތް ދިނުމަށް ޢާންމުންނަށް ހުޅުވާލައި، ޢާންމުންގެ ތެރެއިން ކުރިމަތިލާ ފަރާތްތަކުގެ މެދުގައި ޤުރުއަތުން ހޮވޭ 02 ފަރާތަކަށް ފުރުޞަތު ދިނުމަށް ވަނީ މި ކައުންސިލުން ނިންމާފައެވެ.

             ވީމާ، ކުޅުދުއްފުށި ޗެމްޕިއަންޝިޕް 2025 ކުރިއަށްދާ ވަގުތުގައި އާންމުންގެ ފަރާތުން ކެންޓީން ހިންގުމަށް ޝައުގުވެރިވެލައްވާނަމަ، 21 ޖުލައި 2025 ވާ ހޯމަ ދުވަހު 12:00ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް އެންގެވުން އެދެމެވެ.

              ލިންކު: https://forms.gle/E672b1ePT4C9hmru7

 

             މުބާރާތާބެހޭ އިތުރު މައުލޫމާތު ސާފުކުރެއްވުމަށް، ރަސްމީ ގަޑީގައި ގުޅުއްވާނީ 6527205 ނުވަތަ 6527185 އަށެވެ.

16 ޖުލައި 2025
ހޯދާ