ދިވެހިރާއްޖެ
2026 ވަނަ އަހަރުގެ ދިރާސީ އަހަރު އެލް.ކޭ.ޖީ ، ޔޫ.ކޭ.ޖީ އަދި ގުރޭޑް 1 ށް ކުދިން ވެއްދުން
2026 ވަނަ އަހަރު މިސްކޫލްގެ އެލް.ކޭ.ޖީ، ޔޫ.ކޭ.ޖީ އަދި ގުރޭޑް 1 އަށް ކުދިން ވެއްދުމަށް އެދޭ ފަރާތްތަކުން 2025 އޯގަސްޓް 07 ވަނަ ދުވަހުގެ 10:00 ގެ ކުރިން "އެލް.ކޭޖީ، ޔޫކޭޖީ އަދި ގުރޭޑް 1 އަށް ދަރިވަރުން ވައްދަން އެދޭ ފޯމް" ފުރިހަމަކުރެއްވުމަށްފަހު މިސްކޫލަށް ހުށަހެޅުއްވުން އެދެމެވެ. މި ފޯމް ސްކޫލް އޮފީހުން ލިބެން ހުންނާނެ ވާހަކަ ދެންނަވަމެވެ. އެލް.ކޭ.ޖީ، ޔޫ.ކޭ.ޖީ އަދި ގުރޭޑް 1 ށް ކުދިން ވައްދާނީ ތިރީގައިވާ ތާވަލުގައިވާ ގޮތަށް އުމުރު ހަމަވާ ކުދިންނެވެ
ގުރޭޑް |
2025 ވަނަ އަހަރު ދަރިވަރުން ސްކޫލަށް ވައްދާ އުމުރުފުރާ |
އެލް.ކޭ.ޖީ |
2025 ޑިސެމްބަރު 31 ށް 4 އަހަރު ފުރި 5 އަހަރު ނުފުރުން. |
ޔޫ.ކޭ.ޖީ |
2025 ޑިސެމްބަރ 31 ށް 5 އަހަރު ފުރި 6 އަހަރު ނުފުރުން އަދި، 2025 ދިރާސީ އަހަރު އެލް.ކޭ.ޖީ ފުރިހަމަކޮށްފައިވާ ހުރިހާ ދަރިވަރުން 2026 ދިރާސީ އަހަރު (27 ޖަނަވަރީ 2026ގައި ފެށޭ ) ޔޫ.ކޭ.ޖީ އަށް ބަދަލުކުރެވޭނެއެވެ. |
ގުރޭޑް 1 |
2025 ޑިސެމްބަރ 31 ށް 6 އަހަރު ފުރި 7 އަހަރު ނުފުރުން އަދި ދިރާސީ އަހަރު ޔޫ.ކޭ.ޖީ ފުރިހަމަކޮށްފައިވާ ހުރިހާ ދަރިވަރުން 2026 ދިރާސީ އަހަރު ( 27 ޖަނަވަރީ 2026 ގައި ފެށޭ ) ގުރޭޑް 1 އަށް ބަދަލުކުރެވޭނެއެވެ. |
އެލް.ކޭ.ޖީ އަށް ކުއްޖަކު ވައްދާނީ، ނިމުނު އަހަރުގެ ޑިސެމްބަރ 31 އަށް އުމުރުން 4 އަހަރު ފުރިފައިވާ ކުދިންނަށް ކަމުގައި ކަނޑައަޅާފައިވީ ނަމަވެސް ހިނގާ އަހަރުގެ 31 މާރިޗުގެ ނިޔަލަށް 4 އަހަރު ފުރޭ ކުދިންނަށް އެލް.ކޭ.ޖީ އަށް ވަނުމުގެ ފުރުޞަތު ބެލެނިވެރިޔާ އެދިއްޖެ ނަމަ އެކުއްޖަކަށް ދެވޭނެއެވެ.