ދިވެހިރާއްޖެ
ށ.ފުނަދޫ އަތޮޅު ހޮސްޕިޓަލުގެ ސްޓާފް ވޭން އަދި އެމްބިއުލާންސް މަރާމާތު ކުރުމާބެހޭ
ށ.ފުނަދޫ އަތޮޅު ހޮސްޕިޓަލުގެ ސްޓާފް ވޭން އަދި އެމްބިއުލާންސްގެ މަރާމާތުތަކެއް ކުރުމަށް ކުރި ހޮސްޕިޓަލުގެ ނަންބަރު: IUL)SH-FAH-RM/SH-FAH/2015/31)ފ(14 ސެޕްޓެންބަރު 2015) އިޢުލާނު، މަޢުލޫމާތު ސާފުކުރަން ހަމަޖެހިފައިވާ ދުވަސް ކަމުގައިވާ 27 ސެޕްޓެންބަރު 2015 ވާ އާދީއްތަ ދުވަސް، ސަރުކާރު ބަންދު ދުވަހެއްކަމުގައި ހަމަޖައްސަވާފައިވާތީ، އެ އިޢުލާން ބާޠިލުކޮށް، އެމަސައްކަތް ކުރުމަށް އަލުން އިޢުލާނު ކުރަމެވެ.
ވީމާ، މި މަސައްކަތްތައް ޢަމިއްލަ ތަކެތީގައި ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 29 ސެޕްޓެންބަރު 2015 ވާ އަންގާރަ ދުވަހުގެ 11:00 އަށް، މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) އަށް ނުވަތަ ށ.ފުނަދޫ އަތޮޅު ހޮސްޕިޓަލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 7 އޮކްޓޫބަރު 2015 ވާ ބުދަ ދުވަހުގެ 11:00 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) އަށް ނުވަތަ ށ.ފުނަދޫ އަތޮޅު ހޮސްޕިޓަލަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
3 ޛުލްޙިއްޖާ 1436