މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިރަށު ފުޓްސެލް ދަނޑުގެ ރޮސްޓަމް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުން

  1. މިރަށު ފުޓްސެލް ދަނޑުގެ ރޮސްޓަމް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
  2. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ކުންފުނި، ޕާޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީ ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މިބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 16 ޖުލައި 2025 ން 20 ޖުލައި 2025 ވަނަ ދުވަހުގެ 13:00 ގެ ކުރިން ބިޑްގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ބީލަމުގައި ބައިވެރިވެވޭނީ ބިޑްގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް ހުށަހަޅާ ފަރާތްތަކަށެވެ.
  3. މި ބީލަމާގުޅޭ މަޢުލޫމާތު ބައްދަލުވުން އޮންނާނީ 21 ޖުލައި 2025 ވާ ހޯމަދުވަހުގެ 13:00 ގައި މިއިދާރާގައެވެ. ވީމާ މަޢުލޫމާތު ސާފުކުރެއްވުމަށް އެގަޑިއަށް ކައުންސިލް އިދާރާއަށްދުރުވެ ދެއްވުން އެދެމެވެ.
  4. ބިޑްގައި ރެޖިސްޓްރީ ވުމަށް އެދޭ ފޯމާއި ބީލަން ފޮތް އަދި އަންދާސީ ހިސާބު ހުށަހަޅާ ފޯމް މިއިޢުލާނާއެކު ގެޒެޓްގައި ހިމަނާފައި ވާނެއެވެ.
  5. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 29 ޖުލައި 2025 ވަނަ ދުވަހުގެ މެންދުރުފަހު 13:00 ގައި މިއިދާރާގައެވެ.
  6. އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ބަދަލުގައި އެހެންފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީއާއި ދުރުވާ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީ ހުށަހަޅުއްވަން ވާނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. ބަލައި ގަނެވުނު ކަމުގައިވިޔަސް ބާޠިލު ކުރެވޭނެއެވެ.
  7. އިތުރު މަޢުލޫމާތު ބޭނުންވެލައްވާ ފަރާތްތަކުން މި އިދާރާއަށް މެއިލްކުރައްވާ މަޢުލޫމާތު ސާފު ކުރެއްވުން އެދެމެވެ.
16 ޖުލައި 2025
ހޯދާ