ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އުނަކެޑެ މިސްކިތުގެ ބައެއް މަރާމާތު ކުރުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމާއި ގުޅޭ

އުނަކެޑެ މިސްކިތުގެ ބައެއް މަރާމާތު ކުރުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ (IUL)468-APS/468/2025/151 އިޢުލާން އަށް ހުށަހަޅާފައިވާ ބިޑްތަކުގެ އަގު ބޮޑުކަމަށް ފެންނާތީ، އެ އިޢުލާން ބާތިލް ކޮށް އަލުން އިޢުލާން ކުރަމެވެ. ވީމާ ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.

 

  1. ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 22 ޖުލައި 2025 ވާ އަންގާރަ ދުވަހުގެ 11:00 ގެ ކުރިން މި އިދާރާގެ މެއިލް އެޑްރެހަށް، (([email protected]އިޢުލާން ނަންބަރާއި، ބިޑްގައި ބައިވެރިވާން ބޭނުންވާ ފަރާތުގެ ތަފްސީލާއިއެކު (ކުންފުނީގެ ނަމާއި އެޑްރެސް/ ފޯން ނަންބަރު/ އީމެއިލް އެޑްރެސް/ފުރިހަމަ ނަން) މެއިލްކޮށްދެއްވުން އެދެމެވެ.
    1. ބީލަމާއި ގުޅިގެން ބާއްވާ މައުލޫމާތު ބައްދަލުވުން އޮންނާނީ 23 ޖުލައި 2025 ވާ ބުދަ ދުވަހުގެ 11:00 ގައި އުނަކެޑެ މިސްކިތުގައެވެ.
    2. މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 24 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 24 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އެފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.
    3. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 29 ޖުލައި 2025 ވާ އަންގާރަ ދުވަހުގެ 10:00 ގައި ފުވައްމުލައް ސިޓީ ކައުންސިލްގެ އިދާރާގެ އަތޮޅުގެ މީޓިންގ ރޫމް ގައެވެ.

 

 އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 ފުވައްމުލައް ސިޓީ ކައުންސިލް،

 ނަރުގިސްމަގު، މާދަޑު، ފުވައްމުލައް، 1804، ދިވެހިރާއްޖެ.

  ފޯން:  6862812

  އީމެއިލް: [email protected]

16 ޖުލައި 2025
ހޯދާ