ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ސަރުކާރު އޮފީސް/ކުންފުނިތަކުގެ ބެޑްމިންޓަން ޗެމްޕިއަންޝިޕް 2015ގެ ޓީމްލިސްޓް ހުށައެޅުމުގެ ތާރީޚު

މި އިޢުލާންވަނީ 17 ސެޕްޓެންބަރު 2015 15:57 ގައި ބާތިލް ކުރެވިފައެވެ.


ސަރުކާރު އޮފީސް/ކުންފުނިތަކުގެ ބެޑްމިންޓަން ޗެމްޕިއަންޝިޕް 2015

ޓީމްލިސްޓް ހުށައެޅުމުގެ ތާރީޚު

8 ސެޕްޓެންބަރު 2015 ގައި ފެށުމަށް ޝެޑިއުލް ކުރެވިފައިވާ ސަރުކާރުގެ އޮފީސް / ކުންފުނިތަކުގެ ބެޑްމިންޓަން ޗެމްޕިއަންޝިޕް ގެ ޓީމް ލިސްޓް ހުށައެޅުމުގެ އެންމެ ފަހުތާރީޚު އަކީ 20 ސެޕްޓެންބަރު 2015 ވާ އާދިއްތަ ދުވަހުގެ 16:00 ގެ ކުރިން

ކަމަށް މި އެސޯސިއޭޝަންގެ 03 ސެޕްޓެންބަރު 2015 ގެ އިޢުލާން BAM/IUL/2015/19 ގައި ވީނަމަވެސް އެދުވަހަކީ ސަރުކާރު ރަސްމީ ބަންދު ދުވަހަކަށް ވުމުން ޓީމްލިސްޓް ހުށައެޅުމުގެ އެންމެ ފަހުތާރީޚު 30 ސެޕްޓެންބަރު 2015 ވާ ބުދަ ދުވަހުގެ 16:00 ށް އިތުރު ކޮށްފައިވާ ކަން ދަންނަވަމެވެ.

މުބާރާތާ ބެހޭ އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 12:00 އަދި މެންދުރުފަހު 13:00 އިން 16:00 އަށް މިއެސޯސިއޭޝަންގެ ފޯނު ނަންބަރު: 3314057 އަށް ގުޅުއްވުން އެދެމެވެ.

  • މުބާރާތުގެ ގަވާއިދު، ޓީމްލިސްޓް ފޯމް އަދި އެހެނިހެން މަޢުލޫމާތު www.badmintonmaldives.org.mv

 

17 ސެޕްޓެންބަރު 2015
ހޯދާ