ދިވެހިރާއްޖެ
ވޭން ރަޖިސްޓްރީ ނަންބަރު: B1A4218 ސިޓީލާ ނީލަމުގައި ވިއްކާލުމާ ބެހޭ
ވޭންގެ ތަފުސީލު:
ބާވަތް: ވޭން
ރަޖިސްޓްރީ ނަންބަރު: B1A4218
ވެރިފަރާތް: ބޭންކް އޮފް މޯލްޑިވްސް
ނޯޓް: މި ވޭން ރަޖިސްޓްރީ ކޮށްދީފައިވަނީ 18 ޖުލައި 2006 ގައެވެ. މި އިޢުލާނުކުރެވޭ އިރު މިވޭން އޮތީ ބޭނުންކުރެވޭ ހާލަތުގައި ކ. މާލޭ ގައެވެ.
ނީލަމުގެ ތަފްސީލް:
ފެށޭއަގު: -/50,000
މަދުވެގެން ހުށަހެޅޭނެ އަގު: -/2,000ރ. ( ދެހާސް ރުފިޔާ)
މުއްދަތު ހަމަވާ ތާރީޚު: 05 އޮކްޓޯބަރު 2015 ގެ މެންދުރުފަހު 01:30އަށް
ބިޑް ހުޅުވާނެ ތަން: ބޭންކް އޮފް މޯލްޑިވްސް ޕލކ ގެ ސީޓްރެކްސް ބިލްޑިންގް 01 ވަނަ ފަންގިފިލާގައި ހުންނަ އެޑްމިނިސްޓްރޭޝަން ޑިޕާރޓްމަންޓް އަށެވެ.
މުއްދަތު ހަމަވާ ތާރީޚާއި ހަމައަށް ސިޓީ ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތު އެތަނަށް ހާޒިރުވެ ވަޑައިގެން ތިއްބެވި ފަރާތްތަކުގެ ހާޒިރުގައި ސިޓީތައް ކަނޑައި އެންމެ މަތީ އަގު އިޢުލާން ކުރެވޭނެއެވެ.
ކޮންމެ ދުވަހެއްގެ އެންމެ މަތީ އަގު މިބޭންކުގެ ވެބްސައިޓް (www.bankofmaldives.com.mv) ގައި އިއުލާންކުރެވި، ބްރާންޗްތަކުގެ ނޯޓިސް
ބޯޑުތަކުގައި ބެހެއްޓިފައި ހުންނާނެއެވެ. ނީލަން ނިންމާލެވޭނީ އެންމެ މަތީ އަގު ކަމުގައި އިޢުލާނު ކުރެވޭ އަގަށް ބަދަލެއް ނައިސް، އިޢުލާން ކުރެވޭ ތާރީޚުން ފެށިގެން 03 (ތިނެއް) ދުވަސް ވަންދެން (ސަރުކާރު ބަންދު ދުވަސްތައް ނުހިމަނާ) އެއް އަގެއްގައި އޮތުމުންނެވެ.
ނީލަން ނިންމުން:
ނީލަން ނިމުމުން އެންމެ މަތީ އަގު ހުށަހަޅާފައިވާ ފަރާތަކަށް އެކަން އަންގާނެއެވެ. އެފަރާތަކަށް ނީލަން ނިމުނުކަން ބޭންކުން އަންގާ ތާރީޚުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި (ސަރުކާރު ބަންދު ދުވަސްތައް ނުހިމަނާ) ނުވަތަ ބޭންކުން އިތުރުކޮށްދެވޭ މުއްދަތެއްގެ ތެރޭގައި އެފަރާތަކުން ހުށަހެޅި ޖުމްލަ އަގަށްވާ ފައިސާ ބޭންކަށް ދައްކަވަންވާނެއެވެ. ނުދައްކަވައިފިނަމަ އެހުށަހެޅުން ބާޠިލް ކުރުމަށް ނުވަތަ ދެވަނައަށް އެންމެ މަތީ އަގު ހުށަހެޅި ފަރާތަށް ނީލަން ނިންމާލުމުގެ ނުވަތަ ނީލަން އަލުން ފެށުމުގެ ޙައްޤު ބޭންކަށް ލިބިގެންވެއެވެ.
ވަކިފަރާތަކަށް ނީލަން ނިންމުމަށް ބޭންކުން ކަނޑައަޅައިފިކަން ރަސްމީކޮށް އެފަރާތަކަށް ބޭންކުން އެންގުމުގެ ކުރިން ނީލަން ބާތިލްކުރުމުގެ އިޚްތިޔާރު ބޭންކް އޮފް މޯލްޑިވްސް ޕލކ އަށް ލިބިގެންވާކަމުގައި ދެންނެވީމެވެ.
އަގު ހުށަހެޅުން:
ހުށަހަޅަންޖެހޭ ގޮތް: ތިރީގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކާއެކު ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ހެނދުނު 09:00 އާއި މެންދުރުފަހު 01:30 އާއި ދެމެދު މިބޭންކުގެ ސީޓްރެކްސް ބިލްޑިންގް 01 ވަނަ ފަންގިފިލާގައި ހުންނަ އެޑްމިނިސްޓްރޭޝަން ޑިޕާރޓްމަންޓަށް ހުށަހެޅުއްވުން އެދެމެވެ. ސިޓީ އުރައިގެ ބޭރުގައި "ވޭން ގަތުމަށް އެދި" މިހެން ލިޔެވިފައި އޮންނަންވާނެއެވެ.
އަމިއްލަ ފަރުދެއްނަމަ:
- ގުޅޭނެ ފޯނު ނަންބަރަކާއެކު، އަގު (ދިވެހި ރުފިޔާއިން) ސާފުކޮށް ބަޔާންކުރައްވާފައިވާ ސިޓީއެއް
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (ބިދޭސީއެއްނަމަ ޕާސްޕޯރޓް ކޮޕީ)
ކުންފުންޏެއްކަމަ:
- މި ނީލަމާ ގުޅިގެން ބޭންކާ މުޢާމަލާތް ކުރައްވާނެ ފަރާތަކާ ގުޅޭނެ ފޯނު ނަންބަރަކާއެކު، އަގު (ދިވެހި ރުފިޔާއިން) ސާފުކޮށް ބަޔާންކުރައްވާފައިވާ ސިޓީއެއް
- ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ
- މި ނީލަމާ ގުޅިގެން ބޭންކާ މުޢާމަލާތް ކުރައްވާނެ ފަރާތެއް އައްޔަންކުރައްވާފައިވާ ކުންފުނީގެ ޤަރާރު
- ކުންފުނީގެ މެމޮރެންޑަމް އަދި އާރޓިކަލް އޮފް އެސޯސިއޭޝަން
އިތުރުމަޢުލޫމާތު ސާފުކުރެއްވުމަށް: ބޭންކް އޮފް މޯލްޑިވްސް ޕލކ ގެ ފެސިލިޓީސް ޔުނިޓްއާއި (ފޯން ނަންބަރު: 3300511/ 3330134، އީމެއިލް:[email protected] (ގުޅުއްވުން އެދެމެވެ.
ޝަރުޠު: މަތީގައި ބަޔާންކުރެވިފައިވާ ނީލަމުގައި ބޭންކް އޮފް މޯލްޑިވްސް ޕލކ ގައި މަސައްކަތް ކުރައްވާ އެއްވެސް މުވައްޒަފަކަށް ނުވަތަ ބޭންކުގެ ބޯޑް ޑައިރެކްޓަރަކަށް، ނުވަތަ އެފަދަ އެއްވެސް ފަރާތެއްގެ އާއިލާގެ ބޭފުޅަކަށް (އާއިލާ މާނަކުރުމުގައި މައިންބަފައިން، ދަރިން، ފިރިން/އަނބިން، އެއްބަނޑު/ އެއްބަފާ ބޭފުޅުން، ހިމެނޭ ގޮތަށް) ނުވަތަ އެފަދަ ފަރާތެއް ހިއްސާދާރެއްގެ ގޮތުގައި ނުވަތަ ޑިރެކްޓަރެއްގެ ގޮތުގައި ހިމެނޭ ޕްރައިވެޓް ކުންފުންޏަކުން ބައިވެރިއެއް ނުވެވޭނެއެވެ. ދެންނެވިފައިވާ ބޭފުޅުން ފިޔަވައި އެންމެހާ ފަރުދުންނަށް އަދި ކުންފުނިތަކަށް މިނީލަމުގައި ބައިވެރިވެވޭނެއެވެ.
ކުރީގެ އިޢުލާންތައް: މަތީގައި ބަޔާންކުރެވިފައިވާ ދޯނި އަދި އިންޖީނު ވިއްކާލުމަށް މީގެ ކުރިން އެއްވެސް އިޢުލާނެއް ކުރެވިފައިނުވާ ވާހަކަ ދެންނެވީމެވެ.