މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
" ދަ ލޭންޑް އޮފް ކާރޕެންޓާސް އެވޯޑް2025 " ދިނުމުގެ އުޞޫލަށް 3ވަނަ އިސްލާޙު ގެނައުން:

އިޢުލާން

         

 " ދަ ލޭންޑް އޮފް ކާރޕެންޓާސް އެވޯޑް2025 " ދިނުމުގެ އުޞޫލަށް 3ވަނަ އިސްލާޙު ގެނައުން: 

        

އުޞޫލު ނަންބަރު(OTHR)309-CBF/309/2025/4 ("ދަ ލޭންޑް އޮފް ކާރޕެންޓާސް އެވޯޑް 2025") އަށް 3 ވަނަ އިސްލާޙު ގެނައުން.

 

  1. ބުނެވިދިޔަ އުސޫލުގެ 6 ވަނަ މާއްދާގެ (ނ) ، (ބ) އާއި (ޅ)  އަންނަނިވި ގޮތައް އިޞްލާޙުކުރުން.

 

އަރުތަ އެވޯޑް

(ނ)

ތައުލީމީ ރޮނގުން ކޮލެޖް އަދި ޔުނިވާސިޓީން ފުރިހަމަކުރި ކޯހަކުން 1 ވަނަ ހާސިލްކޮށްފައިވާ ފަރާތްތައް، ރާއްޖޭގެ ސަނަދުތަކުގެ 9 ( މާސްޓާރސް ލެވެލް) ހާސިލް ކޮށްފައިވާ ފަރާތްތަކާއި ، އޯލެވެލް އަދި އޭލެވެލް އިމްތިހާނުގެ، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ފާހަގަކުރާ ޓޮޕް 10 ގެ 1 ވަނަ ދަރަޖަ ހާސިލްކޮށްފައިވާ ފަރާތްތަކަށެވެ.

 

ދާރަވެރި އެވޯޑް

(ބ)

މި އެވޯޑް ދިނުމަށް ހަމަޖެހިފައިވަނީ ރ. އިނގުރައިދޫއަށް ވިޔަފާރި އަދި އިޤުތިޞާދީ ދާއިރާއިން ކޮށްދީފައިވާ އަދި ކުރައްވަމުން ގެންދަވާ އަގުހުރި ޚިދުމަތްތަކާއި، ރައްޔިތުން ބާރުވެރި ކުރުވުމަށްޓަކައި އެކިއެކި ދާއިރާއިން ކުރައްވާފައިވާ މަސައްކަތްތައް ފާހަގަކޮށް އެފަދަ ބޭފުޅުންގެ އަގުވަޒަން ކުރުމަށްޓަކައި އެރުވޭ އެވޯޑެކެވެ.

 

ހިތްފަސޭހަ އިނގުރައިދޫ އެވޯޑް

(ޅ)

މި އެވޯޑް ދިނުމަށް ހަމަޖެހިފައިވަނީ ރ. އިނގުރައިދޫގެ އަމަން އަމާންކަމާ ، ސުލްހަ މަސަލަސްކަން ދެމެހެއްޓުމާއި، އިޖުތިމާއީ ތަރައްޤީއާއި ރަށުގެ ސާފުތާހިރުކަން ދެމެހެއްޓުމަށްޓަކައި ފަރުދީގޮތުންނާއި ، ޖަމުޢިއްޔާ ޖަމާޢަތްތަކުގެ ތެރެއިން ފާހަގަ ކޮށްލެވޭ ފަރާތްތަކަށާއި ، 15 އަހަރަށްވުރެ ކުރުނޫން މުއްދަތަކަށް އެކި ރޮނގު،ރޮނގުން މުޖުތަމަޢު ބަލައިގަންނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ފަރާތްތަކަށެވެ. (މި އެވޯޑު ދިނުމުގައި މައިގަނޑު ގޮތެއްގައި ބެލެވޭނީ މުޅި މުޖުތަމަޢުއަށް އެކަމުގެ ސަބަބުން ލިބިގެންދާ ފައިދާ ތަކުގެ މައްޗަށްށެވެ.) މީގެ އިތުރުން އިނގުރައިދޫއަށް އެކި ގޮތްގޮތުން ކޮންމެ އަހަރަކުވެސް އެންމެ ގިނަ ކަންކަމުގައި އެހީތެރިވެދޭ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ މާކުސް ލިބޭ ފަރާތްތައް ހިމެނެއެވެ.

 

މި އުސޫލަށް ޢަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ޤަވައިދު ޝާއިޢުކުރާ ތާރީޙުން ފެށިގެންނެވެ.

         މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ. 

15 ޖުލައި 2025
ހޯދާ