ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަކަށް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ނަންބަރު: 2010/7 ގެ 10 ވަނަ މާއްދާގެ ދަށުން މިއަހަރުގެ ޖުލައިމަހު ބާއްވާ ރައްޔިތުންގެ ބައްދަލުވުން 25 ޖުލައި 2025 ވާ ހުކުރު ދުވަހުގެ ރޭ ބާއްވާ ގޮތަށް ރަށުކައުންސިލުން ވަނީ ނިންމާފައެވެ.
މި ބައްދަލްވުމުގައި 2026 ވަނަ އަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓަށް ރައްޔިތުންގެ ޚިޔާލު ހޯދުމާއި މަޝްވަރާކުރުންވެސް އޮންނާނެއެވެ.
ވީމާ، ރައްޔިތުންނާއި ބައްދަލުކުރުމަށްޓަކައި، ބާއްވާ ޙާއްޞަ ބައްދަލުވުމަށް ވަޑައިގެންދެއްވުން އެދި ދަޢުވަތު އެރުވީމެވެ.
ބައްދަލުވުން އޮންނަ ތާރީޚް: 25 ޖުލައި 2025 (ހުކުރު)
ތަން: ހއ.ހޯރަފުށީ ކައުންސިލްގެ އިދާރާ (މީޓިން ރޫމް)
ފަށާ ގަޑި: 20:30 (ރޭގަނޑު)
މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
20 މުޙައްރަމް 1447