ދިވެހިރާއްޖެ
މިއިދާރާގެ ކަރަންޓްގެ ވިއުގަ ތްރީފޭސް އަށް ބަދަލުކުރުމަށްޓަކައި ކޭބަލް " އދ.މަންދޫ ސްކޫލް " ގޯތީގެ އިންފާރު ބޭރުގައި ބަހައްޓާފައިވާ ޑިސްޓްރިބިއުޝަން ފޮށިން މިއިދާރާގެ ހުޅަނގު ފަރާތު ކޮޅުބިތާއި ހަމައަށް ކޮންނަން ޖެހޭ '163 ފޫޓްގެ ކޯރު ކޮނެ ކޭބަލް ވަޅުލުމާއި، ކަރަންޓް ކޭބަލް މިއިދާރާގެ ޑީބޯޑާއި ހަމައަށް ގެނައުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. އެހެންކަމުން މިކަމަށް އެދި އަގުހުށަހެޅުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 21 ޖުލައި 2025 ވާ ހޯމަ ދުވަހުގެ ހެނދުނު 10:30 އަށް މިއިދާރާއަށް ދުރުވެ ނުވަތަ ގުޅައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 23 ޖުލައި 2025 ވާ ބުދަ ދުވަހުގެ ހެނދުނު 10:30 އަށް ބީލަންފޯމް ފުރިހަމަކޮށް ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ކަރުދާހާއި އަދި މަސައްކަތަށް އަގުހުށައަޅާ ފޯމު މަޢުލޫމާތު ބައްދަލުވުމަށް ހާޞިރުވާ ފަރާތްތަކަށް ދޫކުރެވޭނެ ވާހަކަ ދަންނަވަމެވެ. މިކަމަށްއެދި ހުށަހަޅާ ލިޔުންތައް ބަލައިގަނެ، ކެނޑުން އޮންނާނީ 23 ޖުލައި 2025 ވާ ބުދަ ދުވަހުގެ ހެނދުނު 10:30 ގައި މިއިދާރާގައި އަގުހުށަހަޅާ ފަރާތްތަކުގެ ހާޟިރު ގައެވެ. އަގުހުށަހެޅުމަށް ބަދަލުގައި މީހަކުފޮނުވާނަމަ ހުށަހަޅާ ފަރާތުގެ ސިޓީއަކާއި އައި.ޑީ ކާޑުގެ ކޮޕީ އަދި ބަދަލުގައި ފޮނުވާ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީއަކާއިއެކު ހުށަހެޅުން އެދެމެވެ.
ވީމާ، މިކަންޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.