ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިންޓާރންޝިޕްގެ ފުރުޞަތު

މި އިދާރާގައި ޕެއިޑް އިންޓާރނުންގެ ގޮތުގައި މަސައްކަތްކުރުމަށް ތިރީގައި މިދަންނަވާ ގޮތަށް އިންޓާރނުން ބޭނުންވެއެވެ.

ސެކްޝަން

މުނިސިޕަލް ސޯޝިއަލް އެންޑް އިކޮނޮމިކް ޑެވެލޮޕްމެންޓް ޔުނިޓް

މައިގަނޑު މަސައްކަތް

  1. ބިން ދޫކުރުމުގެ މަސައްކަތާއި ބިމާއި އިމާރާތްތައް ރަޖިސްޓްރީ ކުރުމާއި އިމާރާތްތަކުގެ ކަންކަން ބެލެހެއްޓުމާއި، ބިމާއި، ގުޅިގޮތުން ހިންގާ މަޢުލޫމާތުތަކުގެ ރެކޯރޑް ބެލެހެއްޓުން
  2. ސެކްޝަނަށް ލިބޭ ރިކުއެސްޓްތަކާ ގުޅޭގޮތުން އެހެން ސެކްޝަންތަކަށް ފޮނުވަންޖެހޭ މެމޯތައް އަދި ލިޔުންތައް ތައްޔާރުކޮށް ކަމާބެހޭ ސެކްޝަންތަކަށް ފޮނުވުން
  3. ބިދޭސީންގެދަފްތަރު އެކުލަވާލުމާއެކު، ރަށުގައި އުޅޭބިދޭސީނާގުޅޭ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން
  4. ކައުންސިލްގެ އިދާރާއަށް ޚިދުމަތްލިބިގަންނަން އަންނަ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި އަދި ހިދުމަތްތަކާގުޅޭ މައުލޫމާތު ސާފުކުރުމަށް އަންނަ ފަރާތްތަކަށް މައުލޫމާތު ދިނުން.
  5. ކައުންސިލް އިދާރާގެ ލިޔެކިޔުންތައް ފައިލްކުރުމާއި، ސްކޭންކުރުމާއި އަރުޝީފުކުރުން.
  6. ކައުންސިލް އިދާރާގައި ބާއްވާ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.
  7. ކައުންސިލްގެ އިދާރާއިން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީއާއި އެހެނިހެން ލިޔެކިޔުންތައް ތައްޔާރުކުރުމާއި ފޮނުވުމުން.
  8. ކައުންސިލްގެ އިދާރާއަށް ހުށަހެޅޭ ލިޔެކިޔުންތައް ބަލައިގަތުމާއި، އެންޓްރީކުރުމާއި އަދި ރޫޓްކުރުން. އަދި އީ-ގަވަރމަންޓް ނިޒާމު މެދުވެރިކޮށް އިދާރާއަށް އަންނަ ލިޔެކިޔުންތައް ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން އެންޓްރީކުރުމާއި އަދި ރޫޓްކުރުން.
  9. ކައުންސިލުން ބަލަހައްޓާ ދަފްތަރުތައް އަދާހަމަކުރުމުގެ މަސައްކަތް ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން ކުރުން
  10. ކައުންސިލުން ހިންގާ ޕްރޮގްރާމްތަކާއި އިވެންޓްތަކަށް ތައްޔާރުކުރުމުގެ އެންމެހާ މަސައްކަތެއް ކުރުން.

ބޭނުންވާ އަދަދު

2 (ދޭއް)

ޝަރުތު

  • ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން (ސާނާވީ އިމްތިހާންގެ ނަތީޖާ ނުލިބޭނަމަ ގްރޭޑް 10ގެ އަހަރު ނެގުނު އެންމެ ފަހު އިމްތިހާންގެ ނަތީއްޖާއިން) 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

  • މައިކްރޯސޮފްޓް އޮފީސް އެޕްލިކޭޝަންތަކަށް ފަރިތަވެ ބޭނުންކުރަން އެނގުން ( ވޯޑް، އެކްސެލް، ޕަވަރޕޮއިންޓް ފަދަ އެޕްލިކޭޝަންތައް)

 

  • އިދާރީ މަސައްކަތް އަދި އިވެންޓް މެނޭޖްމެންޓްގެ މަސައްކަތްތަކަށް ޝައުގުވެރިކަން ހުރުން

މަސައްކަތް ކުރަންޖެހޭ ތަން 

  ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ

އިންޓާރންޝިޕް އެލަވަންސް

މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް -/100 ރުފިޔާ

މުއްދަތު

1 އަހަރު (އިންޓާރންގެ ޕާރފޯރމެންސްއާއި، މަސައްކަތުގެ ކޮލިޓީއަށް ބަލައި ހަވާލުކުރެވިދާނެ އިތުރު މަސައްކަތްތަކެއް ހުރިނަމަ މުޅި އިންޓާރންޝިޕްގެ މުއްދަތު 1 އަހަރަށް އިތުރުކުރެވިދާނެއެވެ)

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކޮށްފައިވާ އިންޓާރންޝިޕަށް އެދޭ ފޯރމް؛
  2. ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ؛
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ؛
  4. ވަނަވަރު ( ކަރިކިއުލަމް ވިޓާ)

ސުންގަޑި


23 ޖުލައި 2025 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ފިޔޯރީ ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ނުވަތަ  [email protected]   އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

 

އިތުރު މައުލޫމާތު

  1. ކައުންސިލްގެ އިންޓަރންޝިޕަށް އެދި ހުށަހަޅާ ފޯރމް ފުރިހަމަކޮށް އަދި ފޯރަމާއި އެކު ހުށަހަޅަންޖެހޭކަމަށް އިއުލާނުގައި ބަޔާންކޮށްފައިވާ ތަކެތި ބަޔާންކޮށްފައިވާގޮތަށް ހުށަހަޅާފައިނުވާނަމަ އެ އެޕްލިކޭޝަން ބާތިލްވާނެއެވެ.
  2. މެއިލް މެދުވެރިކޮށް ފޯރމް ފޮނުވާނަމަ، އިންޓާރންޝިޕަށް ކުރިމަތިލައްވާ ފަރާތުގެ ފުރިހަމަ ނަމާއި ގުޅޭނެ ފޯނު ނަންބަރު މެއިލްގައި ލިޔަންވާނެއެވެ.
  1. އީމެއިލް މެދުވެރިކޮށް ހުށަހަޅާ ސިޓީއާއެކު ހުށަހަޅާ ލިޔެކިޔުންތައް ހުންނަންވާނީ ޕީ.ޑީ.އެފް (pdf) ފޯމެޓްގައެވެ.
  2. ޝޯޓްލިސްޓްކުރެވި އިންޓާނުން ހޮވުމަށް ބާއްވާ އިންޓަރވިއުއަށް ޙާޟިރުވުމަށް ދެންނެވުމުން އިންޓަރވިއުއަށް ޙާޟިރުނުވާ ފަރާތްތައް ޑިސްކޮލިފައި ކުރެވޭނެއެވެ.
  3.  

 

                               15 ޖުލައި 2025 

15 ޖުލައި 2025
ހޯދާ