މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންނާއި ބައްދަލުކުރުން

               ޤާނޫނު ނަންބަރ: 2010/7 "އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު" ގެ 107 ވަނަ މާއްދާގެ ދަށުން ، ކައުންސިލުގެ ފަރާތުން ޖުލައިމަހު ރައްޔިތުންނަށް ޢާއްމުކޮށް ހުޅުވާލައިގެން ބާއްވާ ބައްދަލުވުން 23 ޖުލައި 2025 ވާ ބުދަ ދުވަހުގެރޭ 8:30 ގައި ޕްރީސްކޫލްގައި އޮންނާނެއެވެ.

ބައްދަލުވުމުގެ އެޖެންޑާ

1-      2026 ވަނަ އަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓް ހިއްސާކުރުން.

2-      ބަނދަރު ނެރު ބަދަލުކުރުމާއި ބިން ހިއްކުމުގެ ކޮންސެޕްޓް ހިއްސާކުރުން.

3-      ސުވާލާއި ޖަވާބު

 

ނޯޓް: ބައްދަލުވުމުގެ އެޖެންޑާގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު މައުރޫފް ޛާކިރު ދެއްވާ އުމްރާ ދަތުރުގެ ކޫޕަން ދޫކުރުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވޭ.

                ވީމާ މިބައްދަލުވުމަށް މިރަށުގެ ލޮބުވެތި ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.

                މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

14 ޖުލައި 2025
ހޯދާ