ދިވެހިރާއްޖެ
(IUl)146-A1/1/2025/23:ނަންބަރު
އިޢުލާން
ކައިވެންޏަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމުގައި ކިޔަވައިދިނުމުގެ ފުރުސަތު:
މި ކޯޓުން ހިންގާ ކައިވެންޏަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމުގައި، ތިރީގައިމިވާ ދާއިރާއިން، މައުލޫމާތު ދެއްވާނެ ލެކްޗަރާރއެއް ބޭނުންވެއެވެ.
| މަޤާމު: | ލެކްޗަރަރ | 
| މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ދާއިރާ: | އިޖުތިމާޢީބައި (އަލަތު ކައިވެންޏެއްކުރަން ބޭނުންވާނެ އިޖްތިމާޢީ ކަންތައްތަކާއި، އިޖްތިމާޢީ ގޮތުން ދިމާވާ ކަންކަން ހައްލުކުރާނެ ގޮތް.) | 
| ބޭނުންވާ އަދަދު : | 01 (އެކެއް) | 
| މަޤާމުގެ ގިންތި: | ކޮންޓްރެކްޓް | 
| މުއްދަތު: | 1 އަހަރު (މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށްފަހު ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރެވިދާނެއެވެ.) | 
| އުޖޫރަ: | މަޢުލޫމާތު ދެއްވުމަށް ވަޑައިގަންނަވާ ކޮންމެ ގަޑިއަކަށް -/250 ރުފިޔާ | 
| މަސައްކަތް ކުރަންޖެހޭ ތަން: | ފެމިލީ ކޯޓު | 
| މަޤާމުގެ ޝަރުތު: | މަޤާމަށް ބޭނުންވާ ދާއިރާއަކުން ޑިގްރީ ޙާޞިލުކޮށްފައިވުން. | 
| ހުށަހަޅަންޖެހޭ ތަކެތި: | - ވަޒީފާއަށްއެދި ހުށަހަޅާ ސިޓީ. - ކުރިމަތިލާ ފަރާތުގެ ވަނަވަރު. - ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. - ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ | 
| ސުންގަޑި: | 23 ޖުލައި 2025 ވާ ބުދަ ދުވަހުގެ 13:30ގެ ކުރިން. | 
| އިތުރު މަޢުލޫމާތު: | - ވަޒީފާއަށްއެދި ހުށަހަޅުއްވާނީ ފެމިލީ ކޯޓުގެ ޖަސްޓިސް ބިލްޑިންގގެ ފުރަތަމަ ފަންގިފިލާގައި ހުންނަ ފެމިލީ ކޯޓުގެ ރިސެޕްޝަނަށެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވާނަމަ، އީމެއިލް ކުރައްވާނީ [email protected] އަށެވެ. | 
 
                    