ދިވެހިރާއްޖެ
އިޢުލާން
މިހޮސްޕިޓަލުގެ މެއިން އޯ.ޕީ.ޑީ އޭރިޔާގައި އިންފޮމޭޝަން ކައުންޓަރެއް ހެދުން
މިހޮސްޕިޓަލުން ދޭ ކުރެހުމަކާއި އެއްގޮތަށް، މިހޮސްޕިޓަލުގެ މެއިން އޯ.ޕީ.ޑީގައި އިންފޮމޭޝަން ކައުންޓަރެއް ހެދުމަށް ބޭނުންވެއްޖެއެވެ. މިހެންކަމުން، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ތިރީގައި ދެންނެވިފައިވާގޮތަށް، އަދި ދެންނެވިފައިވާ ތާރީޚުގެ ކުރިން ރަޖިސްޓްރީ ކުރެއްވުމާއިއެކު، ކަނޑައަޅާފައިވާ ތާރީޚުގައި މިހޮސްޕިޓަލަށް ވަޑައިގެން، އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.
ނަންނޯޓް ކުރެއްވުން |
ބީލަން ހުށަހެޅުމަށް ރެޖިސްޓްރީ ކުރުން (ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ލިންކް މެދުވެރިކޮށް) ތާރީޚް: 2025 ޖުލައި 15، އިން 2025 ޖުލައި 23 ގެ ނިޔަލަށް. އީމެއިލް [email protected] :ފޯނު ނަންބަރ: 6583007 ރެޖިސްޓްރޭޝަން ލިންކް: https://forms.gle/AiMV8Nt5KMGeH2Rh6 |
އަންދާސީ ހިސާބު ހުށައެޅުއްވުން |
ތާރީޚް: 2025 ޖުލައި 29 - އަންގާރަ ގަޑި: މެންދުރު 11:00 ތަން: އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ މެއިން ކޮންފަރެންސް ރޫމް |
މިއިޢުލާނާއި ގުޅޭ މައުލޫމާތު ޝީޓާއި، ކުރެހުންތަކާއި، އަދި ގުޅުންހުރި އެންމެހާ ލިޔުންތައް، މިއިޢުލާނާއިއެކު، ގެޒެޓްގައި އެއްކަރުދާސް ކުރެވިފައިވާނެ ވާހަކަ ދަންނަވަމެވެ. އަދި މިޓެންޑާއަށް ނަންނޯޓްނުކުރާ ފަރާތްތަކަށް، އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އެރުވެން ނޯންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ 6583007 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
20 މުޙައްރަމް 1447