ދިވެހިރާއްޖެ
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
މާލެ' ދިވެހިރާއްޖެ
ނަންބަރ: H/IUL/2025/135
އަންދާސީހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު
މި ކުންފުންޏަށް ބޭނުންވާ ކޭބަލް ސަޕްލައިކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މި މަސައްކަތަށް އަގުހުށަހެޅުމުގެ ފުރުސަތު ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.
Item |
Description |
1 |
CABLE 2C X 2.5MM² PVC /PVC (7/029 X 2C) 300/500V RED AND BLACK (FLAT) |
2 |
LV CABLE CLASS 2 (FLAT) - CU/PVC/PVC 2C X 6MM² |
3 |
LV CABLE CLASS 2 (ROUND) - CU/PVC/PVC 2CX6MM² |
4 |
LV CABLE CLASS 2 - CU/PVC/PVC 4CX16MM² |
5 |
CABLE 3C X 2.5SQMM (FLEXIBLE) WHITE COLOR |
6 |
CABLE 3CX1.5SQMM (FLEXIBLE) WHITE COLOR |
މި މަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 5000 USD (ފަސްހާސް) ޔޫ.އެސް. ޑޮލަރު ނުވަތަ އެއަގަށްވާ ރުފިޔާއަށް ޑޮކިއުމަންޓް ބައްލަވައިގަތުމަށްފަހު، ތިރީގައިވާ ތާވަލާއި އެއްގޮތްވާ ގޮތުގެ މަތިން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. ބިޑް ޑޮކިއުމަންޓްގެ އަގަށްވާ ފައިސާ ރިފަންޑް ނުކޮށްދެވޭނެ ކަމުގައި ދަންނަވަމެވެ.
|
ދުވަސް |
ވަގުތު |
ފައިސާ ބަލައިގަތުމަށް |
15 ޖުލައި 2025 އިން 30 ޖުލައި 2025 އަށް |
09:00 އިން 15:00 އަށް |
ޑޮކިޔުމަންޓް ދޫކުރުމަށް |
15 ޖުލައި 2025 އިން 30 ޖުލައި 2025 އަށް |
09:00 އިން 15:00 އަށް |
މަޢުލޫމާތު ދިނުން |
31 ޖުލައި 2025 )ބުރާސްފަތި) |
11:30 ގައި |
އަގު ހުށަހެޅުން |
07 އޮގަސްޓް 2025 )ބުރާސްފަތި) |
11:00 ގައި |
މި މަސައްކަތަކީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކުރިޔަށްގެންދާނެ މަސައްކަތެކެވެ.
މި މަސައްކަތަށް ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން ޓެކްނިކަލް އަދި ފައިނެންޝަލް އިވެލުއޭޝަންއަށް ކޮލިފައި ވާނީ އަންނަނިވި ޝަރުތުތައް ހަމަވާ ޕްރޮޕޯސަލްތަކެވެ.
- އޭޑްވާންސް ގެ ގޮތުގައި ފައިސާ ދައްކަންނުޖެހުން.
- ޕޭމަންޓް ގެރަންޓީ އަދި ކްރެޑިޓް ގަރެންޓީ ހުށައަޅަން ނުޖެހުން.
- މަސައްކަތަށް ފައިސާ ދައްކަން ޖެހޭނީ ދިވެހި ރުފިޔާ (MVR) އިން ކަމުގައި ވުން.
މި މަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 10,000.00 USD (ދިހަ ހާސް) ޔޫ.އެސް. ޑޮލަރު ނުވަތަ އެއަގަށްވާ ރުފިޔާ ހުށަހަޅަންވާނެއެވެ. އަދި ޕާރފޯމަންސް ސެކިއުރިޓީގެ ގޮތުގައި، ހުށަހަޅާ އަގުގެ ބިޑް ކާމިޔާބުކުރަށްވާ ފަރާތުން އަދާކުރަންޖެހޭނެއެވެ. ބިޑް ސެކިއުރިޓީ އަދި ޕާރފޯމަންސް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަންވާނީ ބޭންކް ގެރެންޓީ ލެޓަރ (ބިޑް ޑޮކިއުމަންޓުގައިވާ ފޯމެޓާއި އެއްގޮތަށް)، ބޭންކް ޑްރާފްޓް ނުވަތަ އިންޝުއަރެންސް ޕޮލިސީއެކެވެ. މި މަސައްކަތަށް ހުށަހަޅާ އަންދާސީހިސާބު ބާޠިލުވާ މުއްދަތުގެގޮތުގައި މަދުވެގެން 60 (ފަސްދޮޅަސް) ދުވަސް ދެވެންވާނެއެވެ. އަދި ބިޑް ސެކިއުރިޓީ ބާޠިލުވާ މުއްދަތު މިމަސައްކަތަށް ހުށަހަޅާ އަންދާސީހިސާބު ބާޠިލުވާ މުއްދަތަށްވުރެ 30 (ތިރީސް) ދުވަސް އިތުރުވާންވާނެވެ.
19މުޙައްރަމް 1447
15 ޖުލައި 2025
ނޯޓް:
- ތަކެތި ނުވަތަ ޚިދުމަތް ހޯދާ ފަރާތާއި، ތިމާގެކަމުގެ ނުވަތަ ވިޔަފާރީގެ އެއްވެސް ގުޅުމެއް، ސްޓެލްކޯގެ ވެރިޔަކާއި އޮތްކަމުގައި ވާނަމަ އެކަމުގެ ސާފު މަޢުލޫމާތު އެނގޭނޭ ލިޔުމެއް ބީލަމާއެކު ހުށަހަޅުއްވަންވާނެއެވެ. މިފަދަ ލިޔުމެއް ނުދީ ހުއްޓާ އެކަން އެނގުން އެއީ ބީލަން ބާޠިލު ކުރެވޭނެކަމެކެވެ.
- މަޢުލޫމާތު ފުރިހަމަނޫން ބިޑްތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ. އަދި ބިޑް ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ.
މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ3338123 / 3338152 / 3034671 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ [email protected] މި އެޑްރެހަށެވެ.