ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިލަދެކުނު ޤުރުއާން މުބާރާތް 2025 އާއި ގުޅޭ

މި އޮގަސްޓް 12 އިން 14 އަށް ހދ.މަކުނުދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ "ތިލަދެކުނު ޤުރުއާން މުބާރާތް 2025" ގެ "ޢާއްމުންގެ ބައި" ގައި ވައިކަރަދޫ ތަމްސީލް ކުރުމުގެ ފުރުސަތުވަނީ ލިބިފައެވެ.

ވީމާ، މިމުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަށް އެކަމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށް ފަހު 17 ޖުލައި 2025 ގެ 14:00 ގެ ކުރިން މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ.

މި މުބާރާތުގެ ޤަވާއިދާއި ބައިވެރިވުމަށް އެދޭ ފޯމް ކައުންސިލްގެ ވެބްސައިޓުން ލިބެން ހުންނާނެ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ. ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު، ބައިވެރިވާ ފަރާތުގެ އައިޑީ ކާޑް ކޮޕީއަކާއި ޕާސްޕޯރޓް ސައިޒްގެ ފޮޓޯ އަކާއިއެކު މިއިދާރާގެ މެއިލް އެޑްރެސް [email protected] އަށް ފޮނުއްވާ ދެއްވުން އެދެމެވެ.

މި މުބާރާތުގައި ބައިވެރިވާން އެދި ހުށަހަޅާ ފަރާތްތަކުގެ އަދަދު މުބާރާތުގައި ބައިވެރި ކުރުމަށް ހަމަޖެހިފައިވާ އަދަދަށްވުރެ އިތުރުވާނަމަ މުބާރާތުގައި ބައިވެރިވާނެ ފަރާތްތައް ހޮވާނީ، މިކައުންސިލުން ބާއްވާ އޮޑިޝަނުން އެންމެ މަތީ މާކުސް ލިބޭ ފަރާތްތައް ކަމުގައި ދެންނެވީމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

14 ޖުލައި 2025
ހޯދާ