މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ
ދިވެހިރާއްޖެ
އެމް.ކިއު.އޭ ގައި ހުރި ބައު ތަކެތި ނީލަން ކިޔުމާއިގުޅޭ

  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގައި ހުރި ބައު ތަކެތި ނީލަމުގައި ވިއްކާލުމަށް ބޭނުންގެން ކުރެވުނު ނަންބަރު  (IUL)218-Admin/1/2025/3 (3 ޖުލައި 2025) އިއުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައި ނުވާތީ، އަލުން އިޢުލާން ކުރަމެވެ.

 

ނީލަމުގެ ތަފްސީލް ތިރީގައި މިވަނީއެވެ. 

 

  • ނީލަން ކިޔަން ހަމަޖެހިފައިވާ ތަން: މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އުމަރު ޒާހިރު އޮފީސް ބިލްޑިންގ 5 ވަނަ ފަންގިފިލާ، ހުޅުމާލެ)
  • ނީލަން ކިއުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި:  21 ޖުލައި 2025 ވާ ހޯމަ ދުވަހު 11:30 ގައި
  • ނީލަން ކިއުމަށް ހަމަޖެހިފައިވާ އުސޫލު: ދުވަހު ނީލަމުގައި
  • އަގު ހުށަހެޅުން: އަގު ހުށަހަޅަންވާނީ ކޮންމެ ލޮޓަކަށް ވަކިންނެވެ.
  • މި އިޢުލާނާއެކު ނީލަމުގައި ހިމެނޭ ތަކެތީގެ މަޢުލޫމާތާއި، ނީލަމުގައި ތަކެތި ވިއްކާލުމަށް ހަމަޖެހިފައިވާ އަގުގެ މަޢުލޫމާތު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
  • މައުލޫމާތު ސާފުކުރުމަށް ގުޅާނެ ނަންބަރު: 3026665 / 3026676 / 3026667
  • މައުލޫމާތު ސާފުކުރުމަށް އީމެއިލް ކުރެއްވުމަށް: [email protected]
  • ނީލަމުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވަން ވާނެއެވެ.
  • ނީލަން ކާމިޔާބު ކުރައްވާ ފަރާތްތަކުން، ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި، ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސްގެ ބަނޑޭރި ޕޯރޓަލް  https://bp.finance.gov.mv/ މެދުވެރިކޮށް ފައިސާ ދެއްކުމަށްފަހު 5 ދުވަހުގެ ތެރޭގައި ތަކެތި ގެންދަވަންވާނެއެވެ.

  ވީމާ، ޝައުގުވެރިވާ ފަރާތްތަކުން މި ނީލަމުގައި ބައިވެރިވެލެއްވުން އެދި، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.

14 ޖުލައި 2025
ހޯދާ