މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސެޓްފިކެޓް 4 އިން ފައުންޑޭޝަން ސްޓަޑީޒް ކޯހަށް ކުރިމަތިލުމުގެ ފުރުޞަތު

ސެޓްފިކެޓް 4 އިން ފައުންޑޭޝަން ސްޓަޑީޒް ކޯހަށް ކުރިމަތިލުމުގެ ފުރުޞަތު

މި ކައުންސިލުން އެކުލަވާލައި ޢަމަލުކުރަމުން ގެންދާ އަތޮޅު ތަރައްޤީގެ 5 އަހަރުދުވަހުގެ ޕްލޭންގައި ހިމެނިފައިވާ ޞިއްހީ ދާއިރާއިން މީހުން ބިނާކުރުމުގެ މަސައްކަތުގެ ދަށުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އާއި މިކައުންސިލު ގުޅިގެން " ސެޓިފިކެޓް 4 އިން ފައުންޑޭޝަން ސްޓަޑީޒް (ސައިންސް) ކޯހެއް މިއަތޮޅުގައި ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، މިކޯހުގައިބައިވެރިވެ ކިޔެވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2025 ޖުލައި 23 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ތިރީގައި އެވާ ލިންކުގައިވާ https://rb.gy/opkifa ފޯމް ފުރިހަމަކޮށް ހުށަހެޅުއްވުން އެދެމެވެ. ކޯހާއި ބެހޭ އިތުރު މަޢުލޫމާތު މިއިޢުލާނާއި އެކު އެއްކަރުދާސް ކުރެވިފައިވާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. 

14 ޖުލައި 2025
ހޯދާ