ކުނބުރުދޫ ސްކޫލް
ދިވެހިރާއްޖެ
2026 ވަނަ އަހަރު ޕްރީ ސްކޫލަށް ކުދިން ވެއްދުމާއި ގުޅޭ

 

ކުނބުރުދޫ ސްކޫލް 

އދ. ކުނބުރުދޫ                                                                   

      ނަންބަރު: IUL)GS-154/2025/12)

ޢިއުލާން

2026 ވަނަ އަހަރު ޕްރީ ސްކޫލަށް ދަރިވަރުން ވެއްދުމާއިގުޅޭ

           2026 ވަނަ އަހަރު މި ސްކޫލަށް އަލަށް ވަންނަން އެދޭ ދަރިވަރުންނަށް އެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

                         ޕްރީސްކޫލް މަރުހަލާއަށް ދަރިވަރުން ވެއްދުމުގައި އުމުރުފުރާ ބަލާނީ ތިރީގައިވާ ތާވަލާ އެއްގޮތަށެވެ.

މަރުޙަލާ

އުމުރުފުރާ

އެލް.ކޭ.ޖީ

  • 2025 ޑިސެންބަރ 31 އަށް 4 އަހަރު ފުރި 5 އަހަރު ނުފުރޭ ދަރިވަރުން

 

ޔޫ.ކޭ.ޖީ

  • އެލްކޭޖީ ފުރިހަމަކޮށް، 2025 ޑިސެންބަރ 31 އަށް 5 އަހަރު ފުރި 6 އަހަރު ނުފުރޭ ދަރިވަރުން
  • 2025 ދިރާސީ އަހަރު އެލް.ކޭ.ޖީ ފުރިހަމަ ކޮށްފައިވާ ހުރިހާ ދަރިވަރުން 2026 ދިރާސީ އަހަރު (27 ޖަނަވަރީ 2026 ގައި ފެށޭ) ޔޫ.ކޭ.ޖީއަށް ބަދަލު ކުރެވޭނެއެވެ.

 

ގްރޭޑް 1

  • ފައުންޑޭޝަން ސްޓޭޖް (އެލްކޭޖީ އާއި ޔޫކޭޖީ) ފުރިހަމަކޮށް، 2025 ޑިސެންބަރ 31 އަށް 6 އަހަރު ފުރި 7 އަހަރު ނުފުރޭ ދަރިވަރުން.
  •  2025ދިރާސީ އަހަރު ޔޫ.ކޭ.ޖީ ފުރިހަމަ ކޮށްފައިވާ ހުރިހާ ދަރިވަރުން 2026 ދިރާސީ އަހަރު (27 ޖަނަވަރީ 2026 ގައި ފެށޭ) ގްރޭޑް 1 އަށް ބަދަލު ކުރެވޭނެއެވެ.

 

ވީމާ، 25 އޮގަސްޓް 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން "2026 ވަނަ އަހަރު އެލް.ކޭ.ޖީ އަދި ޔޫ.ކޭ.ޖީ އަށް ދަރިވަރުން ވައްދަން އެދޭ ފޯމް" ފުރިހަމަ ކުރެއްވުމަށް ފަހު، ފޯމާއި އެކު ހުށަހަޅަންޖެހޭ ތަކެއްޗާއެކު، ރަސްމީ ގަޑީގައި މި ސްކޫލްގެ އިދާރާއަށް ހުށައެޅުއްވުމަށް ދަންނަވަމެވެ.

ނޯޓު: 15 ޖުލައި 2025 އިން ފެށިގެން ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 08:00 ން މެންދުރު 14:00 އާ ދެމެދު ސްކޫލްގެ އިދާރާއިން ފޯމް ލިބެން ހުންނާނެއެވެ.

             ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

              14 ޖުލައި 2025

14 ޖުލައި 2025
ހޯދާ