ދިވެހިރާއްޖެ
ގދ.ވާދޫ ކައުންސިލްގެ އިދާރާއަށް ޤާނޫނީ ލަފަޔާއި ޤާނޫނީ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުން
މި ކައުންސިލަށް ބޭނުންވާ، ޤާނޫނީ ލަފާދިނުމާއި ކައުންސިލްގެ މަސައްކަތްތަކާ ގުޅިގެން، މި ކައުންސިލުން ހަވާލުކުރާ ޤާނޫނީ މަސައްކަތްތައް ކޮށްދިނުމާއި، ކައުންސިލުން ޝަރީޢަތަށް ފޮނުވަންޖެހޭ މައްސަލަތަކާއި، ކައުންސިލްގެ މައްޗަށް ހުށަހަޅާ ދަޢުވާތަކުގައި ޝަރުޢީ ކޯޓުތަކާއި ޓްރައިބިއުނަލްތަކުގައި މި ކައުންސިލް ތަމްސީލުކުރުމާއި އަދި މި ނޫން ވެސް ޤާނޫނީ ގޮތުން ކައުންސިލުން ކުރަންޖެހޭ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ އެހެންކަމުން މިމަސައްކަތްކުރުމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް މިބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް ހުޅުވާލެވިފައިވާ ސުންގަޑި ހަމަވުމުގެ ކުރިން ބީލަމުގައި ރަޖިސްޓްރީވުމަށްއެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު މިއިދާރާގެ އީމެއިލް [email protected] އަށް ފޮނުވާ، ބީލަމުގައި ރަޖިސްޓްރީ ވުމަށްފަހު،ކަނޑައެޅިފައިވާ ސުންގަޑިޔަށް އަންދާސީ ހިސާބް ހުށަހެޅުއްވުން އެދެމެވެ.
މިކަމަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ބާ ކައުންސިލްގައި ލޯ ފާރމްއެއް ނުވަތަ ލީގަލް ޕްރެކްޓިސް އެއްގޮތަށް ދަފުތަރު ކޮށްފައިވާ،ފަރާތްތަކަށާއި އަދި ޤާނޫން ނަންބަރ 2014/18 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކާއި،ޤާނޫން ނަންބަރ 19/2014 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށެވެ.މިއިޢުލާނާ ގުޅިގެންދެވޭ މަޢުލޫމާތު ކަރުދާހާއި، ބީލަންހުށަހަޅާ ފޯމް،ބީލަމުގައި ރަޖިސްޓްރީވުމަށްއެދޭ ފޯމް އަދި ކުރެހުން މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެވެ.
އަންދާސީ ހިސާބް ހުށަހެޅުމާބެހޭ
ތަފްޞީލް |
ތާރީޚް |
ދުވަސް |
ގަޑި |
ބީލަމުގައި ރަޖިސްޓްރީ ވުމުގެ ސުންގަޑި |
22 ޖުލައި 2025 |
އަންގާރަ |
14:00 |
އަންދާސީ ހިސާބް ހުށަހެޅުމުގެ ސުންގަޑީ |
24 ޖުލައި 2025 |
ބުރާސްފަތި |
13:00 |
އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯން ނަންބަރ 6840005 އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.