މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ބާދަނޑު އަދި ކަޅުތެޔޮ ނީލަމުގައި ވިއްކާލުން

ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގައިހުރި ތިރީގައި ބަޔާންކުރެވިފައިވާ ތަކަތި ނީލަމުގައި ވިއްކާލުމަށް ގަސްދުކުރަމެވެ

  • 70 މެޓްރިކްޓަނުގެ ޖަންކް ސްކްރެޕް
  • 124 މެޓްރިކްޓަނުގެ ޓީއެފް އެސް ސްކްރޭޕްމެޓަލް
  • 90 ފީފާ ކަޅު ތެޔޮ ( 200ލީޓަރ/ފީފާ )

މި ޢަދަދުތަކަކީ، އަންދާޒާ ޢަދަދުތަކަކަށްވާތީ، އުނިއިތުރު އައުމަކީ އެކަށީގެންވާކަމެކެވެ. ވީމާ، ނީލަމުގައި ބައިވެރި ވުމަށް އެދޭ ފަރާތްތަކުން، މިތަކެތީގެ މައުލޫމާތު ސާފުކުރެއްވުމަށް ފެލިވަރުން 7679060 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

ނީލަން ކިޔުމަށް ހަމަޖެހިފައިވަނީ، ބާދަނޑު މެޓްރިކްޓަނަކަށް އަދި ކަޅުތެޔޮ ލީޓަރަކަށް ހުށަހަޅާ އެންމެ މަތީއަގު ލިޔުމަކުން ހުށަހެޅުއްވުމުން، ހުށަހެޅިފައިވާ އެންމެ މަތީއަގަކުން ނީލަން ފަށައިގެން، ހާޒިރުވެ ތިއްބެވި ބޭފުޅުންގެ މެދުގައި ނީލަން ކުރިއަށް ގެންދާގޮތަށެވެ. ނީލަން ފަށާއިރު އެފަރާތެއްގެ އަގު ސީލްކުރެވިފައިވާ ސިޓީއަކުން ހުށަނާޅާ ފަރާތްތަކަށް ނީލަމުގައި ބައިވެރިއެއް ނުވެވޭނެއެވެ.

ނީލަން ކުރިއަށްދާނެގޮތުގެ ތަފްޞީލް:

ނީލަމުގައި ބައިވެރިކުމަށް ރަޖިސްޓްރީވުން

[email protected]

އީމެއިލް މެދުވެރިކޮށް

15 ޖުލައި 2025

ހެނދުނު 11:00ގައި

ނީލަމުގައި ބައިވެވަޑައިގަތުމަށް އެދޭ ފަރާތްތަކުން ސެކިއުރިޓީ ޑިޕޮސިޓް ދެއްކުން

ޑިޕޮސިޓްގެ ގޮތިގައި 25,000/-ރ ( ފަންސަވިސް ހާސް ރުފިޔާ) މިފްކޯގެ ބެންކް އެކައުންޓް ނަންބަރ 

7701-101179-005

އަށް ޖަމާކުރުން

16 ޖުލައި 2025

މެންދުރު 13:00 އާއި 16:00 ދެމެދު

(16:00 ގެ ފަހުން ފޮނުވޭ އެއްވެސް ފައިސާ އެއް ބަލައި ނުގަނެވޭނެ ކަމުގައި ދަންނަވަމެވެ).

ނީލަންކިޔުން

މިފްކޯ ހެޑް އޮފީސް މީޓިންގ ރޫމް

17 ޖުލައި 2025

ހެނދުނު 11:00ގައި

 

ނީލަން ކާމިޔާބު ނުކުރެވޭ ފަރާތްތަކަށް ޑިޕޮސިޓްގެ ގޮތުގައި ދެއްކެވިފައިސާ އަނބުރާ ރައްދުކޮށްދެވޭނެއެވެ. ނީލަން ކާމިޔާބު ކުރާ ފަރާތަށް ނީލަން ކާމިޔާބުވިކަން އެންގުމަށްފަހު  އެގްރިމެންޓްގައި ސޮއިކުރާ ތާރީހުން ފެށިގެން 10 ދުވަހުގެ މުއްދަތުގައި  ތަކެތި ގެންދިޔުމުގެ މަސައްކަތްކޮށް ނިންމަވަންވާނެއެވެ. ނީލަން ކާމިޔާބު ކުރައްވާ ފަރާތަށް ދޫކުރެވޭ ތަކެއްޗަށް އިންވޮއިސްކުރާއިރު މުދަލުގެ އަގުގެ އިތުރުން ޖީ.އެސް.ޓީ. ވަކިން ހިމެނޭނެއެވެ.  މިގޮތުން ދައްކާ އެންމެ ފަހުގެ ޕޭމަންޓުން، ޑިޕޮޒިޓްގެ ގޮތުގައި ބެހެއްޓި ފައިސާ އުނި ކޮށްދެވޭނެއެވެ. ނީލަން ކާމިޔާބު ކޮށް، އެކަށީގެންވާ ސަބަބެއް ނެތި ތަކެތި ގެންދިޔުމަށް ދެވޭ މުއްދަތުގައި ތަކެތި ނުގެންގޮސްފިނަމަ، އެއްބަސްވުން ބާތިލް ކޮށް، ޑިޕޮސިޓްގެ ގޮތުގައި ދެއްކެވި ފައިސާ އަނބުރާ ނުދިނުމުގެ އިޚްތިޔާރު މިފްކޯއަށް ލިބިގެންވެއެވެ. އަދި ޖެހިގެން އެންމެ ރަގަނޅު އަގު ހުށަހަޅާފައިވާ ފަރާތަށް ނީލަން ކާމިޔާބުކޮށްދިނުމުގެ އިޙްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.

 

 

ނީލަން ހުށަހަޅާ އެޑްރެސް :  މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) - ހެޑްއޮފީސް

                                        389 ނަންބަރު ކޮށި / މާފަންނު

                                       ހިލާލީ މަގު / މާލެ

 

14 ޖުލައި 2025
ހޯދާ