ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކަނޑު އުޅަނދުގެ ލައިސަންސް ނެގުމަށް ދުއްވުމުގެ އިމްތިހާން ހެދުމަށް އެގްޒަމިނަރއެއް ހަމަޖެއްސުން

ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސް މިއިދާރާއިން ދޫކުރުމަށްޓަކައި ޢަމަލީ އިމްތިހާނު ކުރާނެ އެގްޒަމިނަރެށް ބޭނުންވެއެވެ. އިމްތިހާނު އޮންނާނީ މިއިދާރާއިން ކަނޑައަޅާ ވަގުތުތަކުގައި މިއިދާރާއިން ކަނޑައަޅާ ތަނެއްގައެވެ. މިމަސައްކަތަކީ އެހެން ވަޒީފާއެއްގައި އުޅެމުން ޕާޓްޓައިމްކޮށް ކުރެވިދާނެ މަސައްކަތެކެވެ.

 

ބޭނުންވާ އަދަދު: 01 (އެކެށް)

އުޖޫރަ:

  • އިމްތިހާނަކަށް 50.00 (ފަންސާސް ރުފިޔާ).

މި އަގުތައް ފާސްކޮށްފައިވަނީ 04 ޖޫން 2025 ގައި ބޭއްވުނު 4 ވަނަ ދައުރުގެ 2025 ވަނަ އަހަރުގެ 22 ވަނަ ޖަލްސާއިންނެވެ.

ޝަރުތު:

  • ފާއިތުވި 5 އަހަރުގެ ދުވަހުގެ ތެރޭގައި ޓްރެފިކް ވައެލޭޝަން ކުށެއްކޮށްފައިވާކަން ސާބިތުވެފައި ނުވުން އަދި ޖިނާއީ ކުށެއްކޮށްފައިވާ މީހަކު ކަމުގައި ނުވުން.
  • ކަނޑުއުޅަނދު ދުއްވުމުގެ ލައިސަންސް ނެގިފަހުން މަދުވެގެން 3 އަހަރުވެފައިވުމާއެކު ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި 3 އަހަރު އުޅަނދު ދުއްވުމުގައި ދެމިހުރި ފަރާތެއްކަމުގައިވުން.
  • ޢުމުރުން 55 އަހަރު ނުވާ މީހެއްކަމުގައިވުމާ ރަނގަޅު ސިއްހަތެއްގައި ހުރުން.
  • ޑްރައިވިންގ ސްކޫލެއްގައި އެއްވެސް ހައިޞިއްޔަތަކުން މަސައްކަތް ކުރާ މީހެއް ކަމުގައި ނުވުން

ވީމާ، މިކަމަށް ކުރިމަތިލައްވާ ފަރާތްތަކުން އެފަރާތަކަށް ލިބިފައިވާ ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ކެޓަގަރީތައް އެގިވަޑައިގަންނަވާނެ ލިޔުންތަކާއި އެފަރާތުގެ އައި. ޑީ ކާޑުގެ ފޮޓޯ ކޮޕީ، ލައިސަންސް ކޮޕީ އަދި ނިޔަމިކަމުގެ ސެޓްފިކެޓްގެ ކޮޕީ އަދި ވަނަވަރާއިއެކު ސިޓީއަކުން 22 ޖުލައި 2025 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ފޮނުއްވުން އެދެމެވެ. އެގްޒަމިނާރ ޢައްޔަންކުރުމުގައި އެންމެ ގިނަ ކެޓަގަރީތަކުގެ ލައިސަންސް ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ. ޙާއްސަކޮށް ABCDG އޮތުން މުހިއްމުކަމުގައި ދަންނަވަމެވެ. އިތުރު މައުލޫމާތު ބޭނުންފުޅުވާނަމަ މި އިދާރާގެ އެސިސްޓެންޓް ކައުންސިލް އޮފިސަރ ހުސައިން އިޝާން 9765699 އަށް ގުޅުއްވައި މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.  

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

14 ޖުލައި 2025
ހޯދާ