މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.ކުޑަފަރި ކުލަބުހައުސް ރޫފިން ކެނޮޕީ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުން

ނ.ކުޑަފަރީ ކުލަބުހައުސްގެ ރޫފިން ކެނޮޕީގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދާން 2025 ޖޫން 02 ވަނަ ދުވަހު ކޮށްފައިވާ މި އިދާރާގެ ނަންބަރު (I)288/2025/058އިއުލާނުން ބީލަން ހުށައެޅުމަށް ހުޅުވާލި ފުރުސަތުގައި އެއްވެސް ފަރާތަކުން ބީލަން ހުށައަޅާފައި ނުވާތީވެ، މި މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދާން އަލުން އިއުލާނު ކުރަމެވެ.

ބީލަމުގައި ބައިވެރިވެވޭނީ، އެ ކަމަށް އެދި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ. ބީލަމުގައި ރަޖިސްޓްރީވާން ހުށަހަޅާނީ މިއަދުން ފެށިގެން 2025 ޖުލައި 21 ވާ ހޯމަ ދުވަހު މެންދުރު 12:00 ގެ ކުރިން، ތިރީގައި ދީފައި އެވާ ލިންކު ގައިވާ ފޯމު ފުރިހަމަކޮށްގެންނެވެ. އިއުލާނާއެކު މަސައްކަތާއި ގުޅޭ ލިޔުންތަށް ތިރީގައިއެވާ ލިންކުގައި އެއްހީރާސްކުރެވިފައިވާނެއެވެ.

  1. ސްކިމެޓިކް ޑިޒައިން

ލިންކް: https://shorturl.at/9z3lI

  1.  ސްޓްރަކްޗަރަލް ޑުރޯވިންގސް

ލިންކް: https://shorturl.at/DYhtG

ރެޖިސްޓްރޭޝަން ލިންކް: https://shorturl.at/YeL73

މި މަސައްކަތާގުޅޭ މަޢުލޫމާތު ބައްދަލުވުން ކުރިޔަށްދާނީ 2025 ޖުލައި 21 ވާ ހޯމަ ދުވަހު މެންދުރު 13:00 ގައި މި އިދާރާގައެވެ. މައުލޫމާތު ބައްދަލުވުމަށްފަހު 2025 ޖުލައި 28 ވާ ހޯމަ ދުވަހު މެންދުރު 12:00 ހަމައަށް ބީލަމާއި ބެހޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންވެލައްވާނަމަ އީމެއިލް [email protected] ކުރައްވައިގެން އެ މައުލޫމާތެއް ސާފުކުރެއްވޭނެއެވެ.

މަސައްކަތް ކުރުމަށް ބީލަން ހުށަހަޅާނީ އެ ކަމަށް ތައްޔާރުކޮށްފައިވާ ބީލަން ފޮތުންނެވެ. ބީލަން ފޮތެއްގެ އަގަކީ 001ރ. (ސަތޭކަ ރުފިޔާ) އެވެ. ބީލަން ފޮތް ވިއްކުމަށް ހަމަޖެހިފައިވަނީ 2025 ޖުލައި 22 ވާ އަންގާރަ ދުވަހުން ފެށިގެން 2025 ޖުލައި 29 ވާ އަންގާރަ ދުވަހު މެންދުރުފަހު 12:00 ގެ ނިޔަލަށް ރަސްމީ ކޮންމެ ދުވަހެއްގެ ރަސްމީވަގުތުގައި ކައުންސިލްގެ އިދާރާގެ ރިސެޕްޝަނުން ނުވަތަ އިލެކްޓްރޯނިކް ޒަރިއްޔާއިން ފޮތް ބޭނުންވާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށެވެ. 

ބީލަން ހުށަހެޅުމުގެ ބައްދަލުވުން އޮންނާނީ 2025 ޖުލައި 30 ވާ ބުދަ ދުވަހު މެންދުރު13:00ގައި މި އިދާރާ ގައެވެ.  އެއްވަސް ބައްދަލުވުމެއް ބޭއްވުމަށް ކަނޑައަޅާފައިވާ ދުވަހަކީ ރަސްމީ ބަސްދު ދުވަހެއް ކަމުގައި ކަނޑައަޅާފިނަމަ އެ ބައްދަލުވުމެއް އޮންނާނީ ޖެހިގެން އެންމެ އަވަށް ހުޅުވޭ ރަސްމީ ދުވަހެއްގެ ދެންނެވިފައިވާ ގަޑީގައެވެ.

މި މަސައްކަތަށް ކުރިމަތިލެއްވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނު (ގާނޫނު ނަންބަރު 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކުރައްވައިފައި ވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި، ބީލަން ހުށަހެޅުއްވުމުގެ ބައްދަލުވުމަށް ބަދަލު ގައި މީހަކު ފޮނުއްވާ ނަމަ، އެ ކަން އަންގައިދޭ ސިޓީއަކާއި ބަދަލު ގައި އަންނަ މީހާގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ނުވަތަ ސާފު ފޮޓޯ އަކާ އެކު ފޮނުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ސާފުކުރައްވާން ތިރީގައި ވާ ނަންބަރަށް ގުޅުއްވުން އެދެމެވެ. ނުވަތަ އީމެއިލް އެޑްރެހަށް މެއިލްކުރެއްވުން އެދެމެވެ.

 

ކައުންސިލް އިދާރާގެ ފޯނު ނަންބަރު:

6560015

ކައުންސިލް މޯބައިލް ފޯނު ނަންބަރު:

7763264

ކައުންސިލް އިދާރާގެ އީމެއިލް އެޑްރެސް:

[email protected]

14 ޖުލައި 2025
ހޯދާ