ދިވެހިރާއްޖެ
ތިލަދެކުނު ޤުރުއާން މުބާރާތް ކުރިއަށްދާ މުއްދަތުގައި، މުބާރާތް ބާއްވާ ސަރަހައްދު ކަމަށްވާ ކާނިމާލަމް ކައިރީގައި ހަޓް ޖަހައިގެންނާއި، ރަށުތެރޭގައި ގާޑިޔާ ބޭނުންކޮށްގެން (މޯބައިލް) ވިޔަފާރިކުރުމުގެ ފުރުސަތު ހުޅުވާލަމެވެ. މި ފުރުސަތުތަކަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ދުވަހު ކުލީގެ ގޮތުގައި އެންމެ މަތީ އަގު ހުށަހަޅާ ފަރާތްތަކަށް މި ފުރުސަތު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ދެ ހުއްދައެއް ދޫކުރާނެއެވެ. އެއީ
- 1. ކާނިމާލަމް ކައިރީގައި ހަޓް ޖަހައިގެން ވިޔަފާރިކުރުމުގެ ހުއްދަ:
- ކާނިމާލަމް ކައިރީގައި ހަޓް ޖަހައިގެން ވިޔަފާރިކުރުމުގެ ހުއްދަ، ދުވަހު ކުލީގެ ގޮތުގައި އެންމެ އަގު ބޮޑުކޮށް ހުށަހަޅާ 10 (ދިހައެއް) ފަރާތަކަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
- މި 10 ފަރާތަށް ކާނިމާލަމް ކުރިމަތިން 10 ފޫޓް × 10 ފޫޓް (10ft x 10ft) ގެ ޖާގައެއްގެ ސަރަހައްދު ގުރުއަތުން ނަގައިގެން ދެވޭނެއެވެ.
- މި ހުއްދައިގެ ދަށުން ވިޔަފާރި ކުރާފަރާތްތަކެއްގެ ފަރާތުން މުބާރާތް ކުރިއަށްދާ ހުރިހާ ވަގުތުތަކެއްގައި ޚިދުމަތް ލިބެން ހުންނަންވާނެއެވެ.
- ކައްކާފައި ހުންނަ ކާއެއްޗެތި އަދި ހެދިކާ ފަދަ އެއްވެސް ބާވަތެއްގެ އެއްޗެއް ވިއްކުމަކީ މަނާކަމެއް.
- 2. ރަށުތެރޭގައި ގާޑިޔާ ބޭނުންކޮށްގެން (މޯބައިލް) ވިޔަފާރިކުރުމުގެ ހުއްދަ:
- ރަށުތެރޭގައި ގާޑިޔާ ބޭނުންކޮށްގެން މޯބައިލް ވިޔަފާރިކުރުމުގެ ހުއްދަ، ދުވަހު ކުލީގެ ގޮތުގައި އެންމެ އަގު ބޮޑުކޮށް ހުށަހަޅާ 5 (ފަހެއް) ފަރާތަކަށް ދެވޭނެ.
- މުބާރާތް ކުރިއަށް ދާ ސަރަހައްދު "ކާނިމާލަމް" ފިޔަވައި ރަށުގެ ކޮންމެ ހިސާބެއްގައިވެސް މި ހުއްދަ އޮންނަ ފަރާތްތަކަށް ވިޔަފާރި ކުރެވޭނެ
- ކައްކާފައި ހުންނަ ކާއެއްޗެތި އަދި ހެދިކާ ފަދަ އެއްވެސް ބާވަތެއްގެ އެއްޗެއް ވިއްކުމަކީ މަނާކަމެއް.
ކުރިމަތިލެވޭނެ ފަރާތްތައް
- ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ އެންމެހާ ފަރާތްތަކަށް.
- ޖަމިއްޔާތަކުގެ ޤާނޫނު (ޤާނޫނު ނަންބަރ:2022/3) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ޖަމިއްޔާ ޖަމާޢަތްތަކަށް (ފަންޑް ރައިޒް ކުރުމުގެ ބޭނުމުގައި).
- ސަރުކާރުގެ މުއައްސަސާތަކަށް (ފަންޑް ރައިޒް ކުރުމުގެ ބޭނުމުގައި)
- މަކުނުދޫގައި ރަށްވެހިވެފައިވާ ކޮންމެ ފަރާތަކަށް.
ސަމާލުކަން ދޭންޖެހޭ ކަންކަން:
- ކާނިމާލަމް ކައިރީގައި ހަޓް ޖަހައިގެން ވިޔަފާރިކުރުމުގެ ހުއްދަދެވޭ ފަރާތްތަކަށް ބޭނުންކުރެވޭނީ ކައުންސިލުން އެޕްރޫވް ކުރާ މިންގަނޑަކަށް ހުންނަ ހަޓް ތަކަށެވެ. އަދި ބޭނުންވާ ފަރާތްތަކަށް ކައުންސިލްގެ ފަރާތުން އަގަކާއި އެކު ހަޓް ދޫކުރާނެއެވެ. ކައުންސިލުން ދޫކުރާ ހަޓް ގެ އަގަކީ 950.00 (ނުވަސްތޭކަ ފަންސާ) ރުފިޔާއެވެ. އަދި ހަޓްގެ ފޮޓޯ މި އިޢުލާނާއި އެކު އެއްކަރުދާސް ކުރެވިފައި ވާނެއެވެ.
- ދުވާލަކަށް ހުށަހެޅޭނެ އެންމެ ކުޑަ އަގަކީ 100.00 (ސަތޭކަ) ރުފިޔާއެވެ.
- އެއް ފަރާތަކަށް ދެ ހުއްދައަށްވެސް ލެވިދާނެއެވެ.
- އަގު ހުށަހަޅާ ފޯމް އަގު ހުށަހަޅަން އަންނަ އިރު އޮންނަންވާނީ ސިޓީއުރައަކަށްލައި ބަންދުކުރެވިފައެވެ.
މި ހުއްދަ ދެވޭ ފަރާތްތައް ފިޔަވައި އެހެނިހެން ފަރާތްތައް ގާޑިޔާ މޭޒުފަދަ ތަކެތި ބަހައްޓައިގެން ވިޔަފާރިކުރުމަކީ މަނާކަމެކެވެ. އަދި ޤަވާއިދާ ޙިލާފަށް ޢަމަލުކުރާ ފަރާތްތައް 500.00 ރުފިޔާއާއި 5000.00 ރުފިޔާއާއި ދެމެދުގެ އަގަގުން ޖޫރިމަނާކުރެވޭނެއެވެ.
ވީމާ ތިލަދެކުނު ޤުރުއާން މުބާރާތާއި ގުޅިގެން ހަޓް އަދި ގާޑިޔާ ބަހައްޓައިގެން ވިޔަފާރިކުރުމަށް ބޭނުންވާ ފަރާތްތަކުން ތިރީގައިވާ ފޯމް މެދުވެރިކޮށް 2025 ޖުލައި 20 ވާ އާދިއްތަ ދުވަހުގެ 09:00 ކުރިން ރަޖިސްޓްރީވުމަށްފަހު، އެދުވަހުގެ 13:00 އަށް މަކުނުދޫ ކައުންސިލަށް ދުރުވެ ތިރީގައިވާ އަގުހުށަހަޅާފޯމާއި އެ ފޯމުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަހެޅުމަށް ދެންނެވީމެވެ. ގަޑި ޖެހިގެން އަންނަ އެއްވެސް ފަރާތެއް އަދި ރަޖިސްޓްރީ ނުކޮށް އަންނަ އެއްވެސް ފަރާތަކަށް އަގު ހުށަހަޅާ ބައްދަލުވުމެއްގައި ބައިވެރިނުވެވޭނެއެވެ. މި ދެންނެވުނު ފޯމްތައް ކައުންސިލް އިދާރާގެ ކައުންޓަރުންވެސް ލިބެން ހުންނާނެވާހަކަ ދެންނެވީމެވެ.
ރަޖިސްޓްރީ ލިންކް:https://forms.office.com/r/2giJ8hUgEc
އަގު ހުށަހަޅާ ފޯމް: https://shorturl.at/aNcUf
ހަޓް ޑިޒައިން: https://shorturl.at/x9aTP
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 7789355 ނަންބަރާއި ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.