ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަންދޫ އ.ތ.މ ކޮމެޓީގެ މަދަހަ މުބާރާތް

ކޮޅުމަޑުލު ވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އިންތިޒާމްކޮށްގެން ވަންދޫގެ ދެޖިންސަށް އަމާޒުކޮށްގެން މަދަހަ މުބާރާތެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 23 އޮގަސްޓް 2025 ވާ ހޮނިހިރު ދުވަހުއެވެ. އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށް ގެންދާގޮތަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ 22 ޖުލައި 2025 ވާ އަންގާރަ ދުވަހުގެ 14:00 އެވެ.

ބައިވެރިވެވޭ އުމުރުފުރާތަކަކީ:

 

     4 އަހަރުން ދަށް

     15 އަހަރުން ދަށް

     6 އަހަރުން ދަށް

     18 އަހަރުން ދަށް

     8 އަހަރުން ދަށް

     18 އަހަރުން މަތި

     11 އަހަރުން ދަށް

 

 

                  މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމާއެކު ބައިވެރިވާ ފަރާތް ނުވަތަ ފަރާތްތަކުގެ އައިޑީކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ. ބައިވެރިވުމަށް އެދޭ ފޯމް ގެޒެޓުންނާއި ސަރުކާރު ބަންދުނޫން ކޮންމު ދުވަހެއްގެ 09:30 ން 13:00 އާއި ދެމެދު ވަންދޫ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި މުބާރާތުގެ ޤަވާއިދު ގެޒެޓުން ލިބެން ހުންނާނެއެވެ.

             10 އޮގަސްޓް 2025 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން މުބާރާތުގައި ހުށަހަޅައިދޭ މަދަހައިގެ ހާޑްކޮޕީ މިއިދާރާއަށް ހުށަހަޅަންވާނެއެވެ. އަދި ހުށަހަޅައިދޭ މަދަހައަކީ އަމިއްލަ ރާގެއްގެ މަދަހައެއްނަމަ އެކަން އެނގޭގޮތަށް، ހާޑްކޮޕީގައި ލިޔެފައި އޮންނަންވާނެއެވެ.

                 އިތުރު މަޢުލޫމާތު ހޯދުމަށް 7636631 ނުވަތަ 6780762 ނަމްބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

13 ޖުލައި 2025
ހޯދާ